ޔޫކުރެއިންއިން ހަތިޔާރު ހޯދުމަށް ކުރަމުންދ އާދޭސްތަކާއެކީވެސް، ޖާރމަނީއިން ޔޫކުރެއިންއަށް ހަގުރާމަމަތީ ހަތިޔާރު ފޯރުކޮށް ދިނުމަށްޖާމަނީން ފަސްޖެހެމުންދާތ، ޔޫކުރެއިންގެ ފޮރިންގ މިނިސްޓަރ ހަންނާ މަލްޔާރު ޖާމަނީއަށް ފާޑި ވިދާޅުވެއްޖެއެވެ.
ފާއިތިވެދިޔަ ފެބްރުއަރީމަހުން ފެށިގެން ކުރިޔަށްދާ މި ހަނގުރާމައިގައި މިހަފްތާގައި ޔޫކުރެއިން ދަނީ ރަޝިއާގެ މައްޗަށް ބޮޑެތި ކާމިޔާބީތަކެއް ހޯދަމުންނެވެ. މި ގޮތުން، ޔޫކުރެއިންގެ ޑެޕިއުޓީ ޑިފެންސް މިނިސްޓަރ ވިދާޅުވެފައިވާ ގޮތުގައި އެގައުމުގެ އުތުރު ކާކިވް ހިމެނޭ ސަރަަހްދުން އެގައުމުގެ ސިފައިން މިހާރުވަނީ އިތުރު 3,800 އަކަ ކިލޯ މީޓަރުގެ ސަރަހައްދެއް ހިފާފައެވެ.
ޔޫކުރެއިން ސިފައިން އަލުން ހިފާފައިވާ ޓައުނެއް ކަމުގައިވާ ބަލަކްލީއާއިން ވާހަކަ ދައްކަވަމުން މަލްޔާރު ވިދާޅުވި ގޮތުގައި ރަޝިއާ އަތުން އަލަށް ހިފާފައިވާ ސަރަހައްދަތަކުގެ ތެރޭގައި 300 އާބާދީއެއް ހިމެނެއެވެ.
"އޮޕަރޭޝަން މިހާރުވެސް ދަނީ ކުރިޔަށް. މަގުސަދަކީ މުޅި ކާކިވް ސަރަހައްދު މިނިވަން ކުރުން. އަހަރެމެން ގަބޫލު ކުރަނީ މިމަގުސަދާއި ހަމައަށް އަވަހަށް ވާސިލް ވެވޭނެ ކަމަށް،" މަލްޔާރު ވިދާޅުވެފައި ވެއެވެ.
ރޭގެ ވަގުތެއްގައި އާންމުންނާއި މުޚާތަބްކޮށް ވާހަކަ ދައްކަވަމުން ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވެފައި ވަނީ، "އިރުމައްޗާއި ދެކުނުން 6,000 އަކަ ކިލޯ މީޓަރަށްވުރެ ބޮޑު ސަރަހައްދެއް ވަނީ މިނިވަން ކުރެވިފައި" ކަމުގައެވެ.
ޖާމަރނީއިން ޔޫކުރެއިންއަށް ހަތިޔާރު ފޯރުކޮށްދިނުމަށް ފަސްޖެހެމުން ދާކަމަށް ޔޫކުރެއިންގެ ފޮރިންގ މިނިސްޓަރ ވިދާޅުވެފައި ވަނިކޮށް ޔޫކުރެއިންގެ ރައީސް ޒެލެންސްކީގެ އެޑްވައިޒަރެއް ކަމުގައިވާ މިޚައިލޯވް ޕޮޑޮލްޔަކްވެސް ވަނީ ޖާމަނީއަށް ފާޑު ވިދާޅުވެފައެވެ.
"ފާއިތުވެދިޔަ 6 މަސް ދުވަސް ފާއިތުވެދިޔައީ، ޔޫކުރެއިންއަށް ޓޭންކުތައް ވިއްކާނޭ ފަރާތެއް އެކަށަ ނޭޅި. ފާއިތުވި 6 މަސްދުވަހު ޓޭންކެއް ލިބިފައި ނުވަނީ ގައުމުތަކަށް ސިޔާސީ ގޮތުން އެއް ވިސްނުމަކަށް ނާދެވިގެން. ރަޝިއާއިން ދަނީ އެމީހުންގެ އުދުވާން ކުރިޔަށް ގެންދަމުން. މީހުން ދަނީ މަރުވަމުން، ވަގުތު ދަނީ ބޭކާރު ވަމުން، އަހަރެމެން މިތިބީ ދުނިޔެއިން ދޭނެ ޖަވާބަކަށް މަޑު ކޮށްގެން،" ޕޮޑޮލްޔަކް ޓުވީޓް ކޮށްފައި ވެއެވެ.
ފާއިތުވެދިޔަ ހަފްތާ ބަންދުގައި ޖާރމަނީގެ ފޮރިންގ މިނިސްޓަރވަނީ ޔޫކުރެއިންއަށް ހަތިޔާރު ފޯރުކޮށް ދެއްވާނޭކަމުގައި ވިދާޅުވެފައެވެ. އަދި މި ހަތިޔާރުތަކުގެ ތެރޭގައި ހުޅަނގުން ބޭނުންކުރާ ޒާތުގެ ހަނގުރާމަމަތީ ޓޭންކު ފޯރުކޮށް ނުދެއްވާނޭކަމަށް ވިދާޅުވެފައި ނުވެއެވެ.