ބްރިޖާއި ގުޅޭގޮތުން ޤާސިމް ދެއްކި ވާހަތަކަށް އަދުރޭގެ ރައްދެއް!

ބްރިޖާއި ގުޅޭގޮތުން ޤާސިމް ދެއްކި ވާހަތަކަށް އަދުރޭގެ ރައްދެއް!

Author
މުޙައްމަދު ޝަޒައިމް
13 ސެޕްޓެމްބަރ 2022 11:31
0

ރާއްޖޭގެ ތަރައްޤީއަށް ކުރެވިފައިވާ ހުރިހާ މަސައްކަތެއް ކުރެއްވީ ތިމަންނާކަމަށް ވިދާޅުވިނަމަ މާރަނގަޅުވީސް ކަމަށް ވިދާޅުވެ ޕީއެންސީގެ ރައީސް އަބްދުއްރަހީމްގެ ރައްދެއް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމަށް ރައްދު ދީފިއެވެ.

މާލެ އާއި ހުޅުލެ އާ ގުޅާލި ސިނަމާލެ ބްރިޖަކީ އޭނާގެ ތަސައްވުރެއް ކަމަށާއި އެހެން މީހުން އެފަދަ ކަމެއް ކުރަން ވިސްނުމަށް ވެސް ނާންނަ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލިހުގެ މާގިލީ ދާއިރާގެ މެމްބަރު ޤާސިމް ދެއްކެވި ވާހަތަކާއި ގުޅިގެން އަދުރޭ ވިދާޅުވީ ބްރިޖުގެ ތަސައްވަރުގެ ވާހަކަ އެކަނި ނުދައްކައި ރާއްޖޭގައި ކުރެވިފައިވާ ހުރިހާ މަސައްކަތެއްގެ ތަރައްޤީ އަކީ ތިމަންނާގެ މަސައްކަތޭ ނުބުނުމުން ކަންބޮޑުވާކަމަށެވެ.

ރިޔާސީ އިންތިޚާބު ކައިރިވަނީ ދޮތަ؟ކީއްވެތޯ ހަމަ އެކަނި ބުރިޖުގެ ވާހަކަ ދެއްކިކަމަށް ތިޔަ ވިދާޅުވީ؟ ބުރިޖު އެޅިކަމަށް ނުވަތަ މިހާތަނަށް ރާއްޖޭގައި ކޮށްފައިހުރި ތަރައްގީގެ ހުރިހައި މަސައްކަތަކީވެސް ޤާސިމް ކޮށްފައިހުރި މަސައްކަތޭ ވިދާޅުވި ނަމަ މާރަނގަޅުވީސް ނޫންތޯ؟

– އަދުރޭ ވިދާޅުވިއެވެ.

ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ގާސިމް ވިދާޅުވީ ބޮޑެތި ކަންކަން ކުރުމުގެ ވިސްނުން އެހެން މީހުންގެ ނުހުންނަ ކަމަށާއި ބުރިޖު އެޅުމުގެ ވާހަކަވެސް އެންމެ ފުރަތަމަ ދެއްކެވީ ވެސް އޭނާ ކަމަށެވެ. ސިނަމާލެ ބުރިޖަކީ ޗައިނާގެ އެހީތެރިކަމާއެކު ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމްގެ ސަރުކާރުން އަޅާފައިވާ ބުރިޖެކެވެ.

ގާސިމް ވިދާޅުވީ ފިނޭންސް މިނިސްޓަރުކަން ކުރެއްވި އިރުގައި އިހަވަންދިއްޕޮޅުގައި ޓްރާންސްޝިޕްމަންޓް ބަނދަރު ހެދުމަށް ބޮޑު ޕްރޮޖެކްޓެއް ގެންނެވި ނަމަވެސް އޭރުގެ ސަރުކާރުން އެކަން ކުރިޔަ ނުދިނީ ކަމަށެވެ. އަދި، އެކަން ކުރާނެ އިންވެސްޓަރުން ވެސް އޭނާ ހޯއްދަވައި ސަރުކާރުގެ ކުރިމައްޗަށް ގެނައިން ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އޭރު ދުނިޔޭގެ އެންމެ ބޮޑު ތިން ޝިޕިން ލައިނުން އެ ޕްރޮޖެކްޓް ހިންގަން އައި ކަމަށާއި އެހެންކަމުން އެއީ ނުވާނެ ކަމެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ބ ބުރު
ކާސިމައްއެނގޭނީީ ޖީބުބޮޑުކުރަންއެކަނިި ކާސިމްސޭޓަކީީ ކޮންމެގޮތަކުންވިޔަސްް އަތުޖެހުނުު އެއްޗެއްދިރުވާލުމުގެެ ވިސްނުންގެންގުމީހެއްކަމައްް ބުނެއުޅެޔޯލަަ އިބޫސަރުކާރުގަވެސްް ލައްކަގިނަފައިސާއަކާާ ތަންތަނެއްް އަމިއްލަކޮއްފިޔޭކިޔާއުޅެޔޯލަަ ސިޔާސީލީޑަރުންބުނެޔޯޯ ސޭޓުބޭނުންވާހާއެއްޗެއްނުލިބިއްޖެއްޔާާ ދެންއޮންނީީ ބޮޑާހޭކުމޯލަަ
އ އައްދުބޭ
ކޮންމެވެރިކަމެއް ނިއްމަވާލާއިރު އެޒަމާނެއްގައި އެވެރިކަމެއްކުރެއްވި ބޭފުޅެއްގެ ތަސައްވުރެއް އޮންނާނެ. ޝަމްސުއްދީނު ރަދުންގެ ޒަމާނުގައިވެސް ހުރެދާނެ އެއިރެއްގައި ލިބޭވަސީލަތެއްގެ އަލީގައި. މިހެންގޮސް އެތަކެއްޒަމާންތަކެއް އެކިވެރިކަމުގައި ފާއިތުވެ ގޮސްފި. މަރްޙޫމް މުޙައްމަދުއަމީން ގެތަސައްވުރެއް އެއަރޕޯޓަކީ. މަރްޙޫމް އިބްރާހިމް ނާސިރުވެރިކަމުގައި އެއަރޕޯޓް ކުލައެއްޖެހި އިމިގްރޭޝަން ކިޔާއޮފީހެއްވެސް އުފަންވި. މިކިޔަނީ ވެރިކަންކުރެއްވި ބޭފުޅުން. ދެން ރައީސް މައުމޫނުގެ ވަރަށްބޮޑު ތަރައްޤީއެއް އެއަރޕޯޓަށް ގެންނެވި. އަދި އެމަނިކުފާނު އާޤާނޫނުއަސާސީ އެއް ވުޖޫދަށް އައިސް 30އަހަރުވެރިކަން ކުރެއްވުމަށްފަހު އެޤާނޫނުއަސާސީން ލިބުނު ހަނިއެންގަލަކުން އަނެއް 5އަހަރަކަށް ކުރިމަތިލެއްވީ އާއުސްމިނަކަށް އަނެއްބަޔަކު އާދުވަހަކަށް އަނެއްބަޔަކު އަނެއްދިވެހިރާއްޖެ އަދިވެސް އެކިއެކި ޕާޓީތަކާއިއެކުވެސް މަސައްކަތްކޮށް ނުފެނުން އަނެއް ދިވެހިރާއްޖެ ކިޔައި މިހެންގޮސް އާއުސްމިނަކަށް ރައީސްމައުމޫން ނިކުންނެވީ ބްރިޖްގެ ފިކުރާއެކު. އެއިރުކޮއްކޯފުޅު ރައީސްޔާމިންވެސް ހުންނެވީއެކުގައި. ދެންމިހާރު ވެރިކަމުގައި މިތިބީ އެކަމަށް ހަޖޫޖެހިމީހުން. އަދިއެހަޖޫތަކުގައި ކިޔާ ބިއްލޫރިބްރިޖޭވެސް. ކޮންމެއަކަސް ރައީސް މައުމޫނަށް އެފުރުސަތު ނުލިބި ރައްޔިތުން ބަދަލަކަށް ބޭނުންވެ ވަތަންއެދޭ ގޮތަށް އަނެއްދިވެހިރާއްޖެއަށްދާން ނިކުތީމާ އިވުނީ އެއަރޕޯރޓް ވިއްކާލިއަޑު. ކުރުކޮށްފަ ދެންބުނެލަންޖެހެނީ 2013 މިފުރުސަތު ލިބުނީ ކޮއްކޯފުޅާއެކު ކުރިއަށް ނެރުއްވައިގެން ނިކުނަވަން. އެއޮތީ ބްރިޖްއައިސްފަ. ދެން ކޮންމެމީހަކުވެސް ބުނަންވީ މަގޭވިސްނުމޭ