ބޮލީވުޑްގެ ޒުވާން ބަތަލާ ދިޝާ ޕަޓާނީގެ ފުރަތަމަ ތަމަޅަ ފިލްމު "ސޫރިޔާ 42″ ގެ މޯޝަން ޕޯސްޓަރެއް ދައްކާލައިފިއެވެ.
3ޑީ ކޮށް ނެރުމަށް ހަމަޖެހިފައިވާ މި ފިލްމަކީ ސައުތުގެ މަޝްހޫރު އަދި އެންމެ ޑިމާންޑް ބޮޑު އެއް އެކްޓަރު ސޫރިޔާ ލީޑު ރޯލުން ފެނިގެން ދާނެ ފިލްމެކެވެ. އޭނާ އާއެކު ލީޑުން ފެނިގެން ދާނީ ދިޝާ ކަމަށާއި އަދި އޭނާ ފެނިގެން ދާނީ ވަރަށް ތަފާތު ކޮށް ކަމަށް ޚަބަރުތަށް ބުނެއެވެ.
ނަމަވެސް ފިލްމުގެ އެއްވެސް ތަރިއެއް މި މޯޝަން ޕޯސްޓަރުގައި ދައްކާލައިފައެއް ނުވެއެވެ. މި ފިލްްމަކީ ރަސްކަމުުގެ ތެރޭގައި ހިންގާ ކަންތައް ތަކަކާއި އެކުގައި ވަރުގަދަ ތަޅާފޮޅުން ތަކެއްވެސް ފެނިގެން ދާނެ ފިލްމެކެވެ.
ދިޝާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ "އެކް ވިލަން ރިޓާންސް" އިންނެވެ. އެ ފިލްމް ގައި އޭނާ ގެ އިތުރުން އަރުޖުން ކަޕުރު، ތާރާ ސުތާރިއާ އަދި ޖޯން އަބްރަހަމްވެސް ފެނިގެން ދިއައެވެ.