އާސަންދައިގެ ދަތުރުތަކަށް ވިލާއެއާ އާއިއެކު އެއްބަސްވުމަކަށް!

އާސަންދައިގެ ދަތުރުތަކަށް ވިލާއެއާ އާއިއެކު އެއްބަސްވުމަކަށް!

Author
މުޙައްމަދު ޝަޒައިމް
11 ސެޕްޓެމްބަރ 2022 09:02
0

އާސަންދަ ކުންފުންޏާއި ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑާއި ދެމެދު ޓްރެވެލް ޕާޓްނަރޝިޕް އެއްބަސްވުމެއްގައި ސޮއެކޮށްފިއެވެ.

މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެއްބަސްވުމުގައި އާސަންދަ ކުންފުނީގެ ފަރާތުން ސޮއެކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މަރިޔަމް ޝަފީޤެވެ. ވިލާ އެއަރ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއެކުރެއްވީ މެނޭޖިން ޑިރެކްޓަރ ނާޝިދެވެ.

މިއެއްބަސްވުމުގެ ދަށުން، އާސަންދަ ސްކީމްގެ ދަށުން ދޭންޖެހޭ ޚިދުމަތްތަކަށް އެތެރޭގެ ވައިގެ ދަތުރުފަތުރުގެ ނިޒާމުގެ ތެރެއިން ދޭންޖެހޭ އެހީތެރިކަމާއި އެއްބާރުލުން، ވިލާ އެއަރގެ ފާރާތުން އާސަންދަ ކުންފުންޏަށް ލިބިގެންދާނެއެވެ.

ޚާއްސަކޮށް ވިލާ އެއަރގެ ފްލައިޓްތައް ދަތުރުކުރާ އެއަރޕޯޓްތައް ހުންނަ ރަށްތަކުގެ ރައްޔިތުންނާއި، ކައިރީގައިވާ ރަށްތަކުގެ ރައްޔިތުންނަށްވެސް، މި އެއްބަސްވުމުގެ ސަބަބުން، އާސަންދަ ސްކީމްގެ ދަށުން އިމަރޖަންސީ އިވެކުއޭޝަން ޚިދުމަތް ދިނުމުގައި އިތުރު ލުއި ފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އާސަންދަ ކުންފުނިން ބުނެއެވެ.

އާސަންދަ ކުންފުނިން ދަނީ ރާއްޖޭގައި އޮޕަރޭޓްކުރާ އިތުރު އެއަލައިންތަކާއި އެކުވެސް މިފަދަ އެއްބަސްވުންތައް އެކުލަވާލުމުގެ މަސައްކަތް ކުރަމުން ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.