ބްރައްމަސްތުރާ ވަރަށް ކާމިޔާބު!

ބްރައްމަސްތުރާ ވަރަށް ކާމިޔާބު!

މިމަހުގެ 9 ވަނަ ދުވަހު ސިނަމާތަކުގައި އެޅުވި ބޮލީވުޑްގެ އެންމެ އަގުބޮޑު ފިލްމު ބަރައްމަސްތުރާ އުންމީދު ކުރި ވަރުގެ ކާމިޔާބެއް ހޯދާނެ ފިލްމަކަށް ވާނެ ކަމުގެ އުންމީދު ވަރަށް ބޮޑުވެއްޖެއެވެ.

5 އަހަރުގެ ދިގު މުއްދަތެއް ހޭދަކޮށްގެން ހެދި ފިލްްމު ބެލުންތެރިންނަށް ކަމު ގޮސްފައި ވާއިރު ފިލްމަކީ ރަންބީރު ކަޕޫރުގެ ކެރިއަރުގައި ފިލްމެއް ނެރުނު ދުވަހު އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމުވެސް މެއެވެ.

މި ފިލްމަކީ ރަންބީރު ކަޕޫރާއި އާލިއާ ބަޓްގެ އަލަތު ފިލްމެވެ. ދެތަރިން ވަނީ މި ފިލްމު ޕްރޮމޯޓް ކުރުމަށް ވަރަށް ބުރަކޮށް މަސައްކަތް ކޮށްފައެވެ. މި ފިލްމުގައި އަމިތާބް ބައްޗަން، ނާގަ އަރުޖުނާ އަކިނޭނީ، މޯނީ ރޯއި އަދި ޑިމްޕަލް ކަޕާޑިއާ ވެސް މުހިންމު ރޯލުތައް އަދާ ކުރެއެވެ. މީގެ އިތުރުން ޝާހްރުކް ޚާންގެ ހާއްސަ ފެނިލުމެއް ވެސް ފިލްމުގައި ހިމަނާފައި ވެއެވެ.

މިއަހަރު ނެރުނު ގިނަ ފިލްމު ތަކެއް ފްލޮޕް ވެފައި ވާތީ ބްރައްމަސްތުރާއަށް ވެސް ވަރަށް ބޮޑަށް އެބިރު އޮތެވެ. އަދި ހަމަ އެހެންމެ ފިލްމު ބޮއިކޮޓް ކުރުމަށް ގޮވާލައި ސޯޝަލް މީޑީއާގައި ބޮޑު ކެމްޕެއިންއެއް ވެސް ފެށުމުން ފިލްމަށް ވަރަށް ބޮޑަށް އެކަމުގެ ހިޔަނި އެޅޭނެ ކަމަށްބެލެވުނު ނަމަވެސް ފިލްމު އަދި ވަރަށް ކާމިޔާބެވެ.

ތަރިންނާއި ސަޕޯޓަރުންގެ ފަރާތުން ރަނގަޅު ރިވިއުއެއް ލިބުނު ނަމަވެސް ބައެއް ފިލްމު ޓްރޭޑް އެނަލިސްޓުންގެ ހިޔާލު ތަފާތެވެ. އެ ފިލްމުގައި ހައި ވިޝުއަލް އިފެކްޓްސްތަކެއް އެކުލެވިގެން ވިޔަސް ކޮންޓެންޓު ވަރަށް ދަށް ކަމަށް އެމީހުން ވަނީ ބުނެފައެވެ. ނަމަވެސް އެމީހުންވެސް އެ ފިލްްމަށް ކޮށްފައިވާ ބުރަ މަސައްކަތަށް ވަނީ ވަރަށް ތައުރީފް ކޮށްފައެވެ.

ގިނަ ބަޔަކު އިއްތިފާގުވާ ގޮތުގައި މި ފިލްމަކީ ވަރަށް ތަފާތު ސްޓޯރީއެކެވެ. ނަމަވެސް ރަންބީރާއި އާލިއާގެ ރޮމޭންސް މާ ދިގު ކަން އެންމެން ވެސް ފާހަގަ ކުރިއެވެ. އަދި ރަންބީރުގެ އެކްޓިން ފިލްމުގައި އެހާ ރަނގަޅު ނޫން ކަމަށާއި އެހެން ތަރިންގެ އެކްޓިންއަށް ތައުރީފް ހައްގު ކަަމަށް ވެސް ބުނެފައި ވެއެވެ.

ސުޕަހީރޯ ސްޓައިލަށް ޒަމާނީ ރަހަތަކާއެކު ގެނެސްދިން މި ފިލްމަކީ 410 ކްރޯޑް ރުޕީސް (51.4 މިލިއަން ޑޮލަރު)ގެ ބަޖެޓަކުން ހެދި ފިލްމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *