ރައީސް ޔާމީންގެ ބޭނުމަކަށް އެމަނިކުފާނު އެދިވަޑައިގެން އެއްމިލިޔަން ޑޮލަރު ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ އަތުން ލިބޭނެ ގޮތް ހަމަޖެއްސެވީ ހޯރަފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އިސްމާއިލްކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ހިންގި ކަމަށް ބުނާ ހިޔާނާތުގެ މައްސަލާގައި ޔާމީންގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާ އަދި ޔޫސުފް ނައީމްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާގެ ޝަރީއަތަށް ހެކިބަސް ދޭން މުހައްމަދު އިސްމާއިލް މިއަދު ވަނީ ކޯޓަށް ހާޒިރުވެފައެވެ.
މުހައްމަދު އިސްމާއިލަކީ ދިފާއުން ހުށަހަޅާފައިވާ ހެއްކެކެވެ. ހެކިބަސް ދެއްވަމުން މުހައްމަދު އިސްމާއިލް ވިދާޅުވީ 2015 އަހަރުގެ ފަހުކޮޅު ރައީސް ޔާމީން އޭނާއަށް ގުޅުއްވައި އެއް މިލިޔަން ޑޮލަރު ބެންކު ރޭޓުން ލިބޭނެ ގޮތެއް ހަމަޖެއްސުމަށް އެދުނުކަމަށެވެ. ރައީސްގެ އެދިވަޑައިގަތުމުން ދަންނަ އެކި ވިޔަފާރި ވެރިންނާއި، ގާތް އެކުވެރިންނަށް ގުޅައި ޑޮލަރު ހަމަޖެހިދާނެތޯ ދެންނެވިކަމަށެވެ.
މިގޮތުން ގުޅި އެންމެވެސް ބަލައި ދެނޭކެމަށް ވިދާޅުވިކަމަށެވެ. ޑޮލަރު ހޯދަން ގުޅި މީހުންގެ ތެރެއިން ޔޫސުން ނައީމްވެސް ވިދާޅުވީ ޑޮލަރު ހަމަޖެހޭނެތޯ ބަލައި ދޭނެކަމަށެވެ. އޭގެ މަދު ދުވަސްކޮޅެއްގެ ތެރޭގައިގައި ޔޫސުން ނައީމް ގުޅުއްވައި ރައީސް ޔާމީން ޑޮލަރު ބައްލަވައި ގަންނަ ކަމުގައިވާނަމަ ބެންކު ރޭޓުން އެއް މިލިޔަން ޑޮލަރު ހަމަޖެއްސިދާނެކަމަށް ވިދާޅުވިކަމަށެވެ.
ޔޫސުން ނައީމް މިގޮތަށް ވިދާޅުވުމުން ރައީސް ޔާމީނަށް ގުޅައި ޑޮލަރު ޔޫސުން ނައީމް އަތުން ލިބެން ހުރިކަމަށް ދެންނެވިކަމަށް މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ޔޫސުފް ނައީމަކީ އޭނާގެ ކުޑައިރުއްސުރެ ދަންނަ ގާތް އެކުވެރިއެއްކަމަށެވެ. އަދި ރައީސް ޔާމީނަކީ ފައިސާގެ އެކި މުއާމަލާތްތަކުގައާއި އެކި ކަންކަމުގައި ވަރަށް ގާތް ބޭފުޅެއްކަމަށާއި، އެކި ކަންކަމުގައި ދެބޭފުޅުން އަބަދުވެސް ކަންކަމާއި މަޝްވަރާކުރަމުންދާކަމަށެވެ.
މިމައްސަލާގައި މިއަދު ވަނީ އިތުރު ހެކިވެރިއެއްގެ ހެކިބަސްވެސް ނަގާފައެވެ. މި މައްސަލާގައި މިހާރު ކުރިއަށްގެންދާ ހެކިބަސްނެގުމުގެ މަރުޙަލާގައި ދަޢުލަތުން ހުށައަޅާފައިވާ ހުރިހާ ހެކިވެރިންގެ ހެކިބަސް މިހާރުވަނީ ނަގައި ނިމިފައެވެ. ދިފާޢީ 3 ހެކިންގެ ހެކިބަސް މިހާތަނަށް ނަގާފައިވާއިރު މިއަދު އިތުރު 1 ހެއްކެއްގެ ހެކިބަސް ނަގާނެކަމަށް ޝަރީޢަތުން އިސްޤާޟީ އަޙްމަދު ޝަކީލް ވަނީ ވިދާޅުވެފައެވެ.
ޔާމީނާއި ޔޫސުފް ނައީމް ވެސް މި ދައުވާތަކަށް އިންކާރު ކުރައްވައެވެ. ޔާމީނާއި ޔޫސުފް ނައީމް ވެސް ވިދާޅުވާ ގޮތުން އެ ދެ މީހުންގެ ދެމެދުގައި ހިނގާފައިވާ ކަމަށް ދައުލަތުން ބުނާ މުއާމަލާތަކީ ދިވެހި ރުފިޔާއިން ޑޮލަރު ގަތް މުއާމަލާތެއް ކަމަށެވެ. އަދި އާރަށް ކުއްޔަށް ދޫކުރުމުގައި ހިނގީ ވަކި އެހެން މުއާމަލާތެއް ކަމަށެވެ. އަދި ހިޔާނާތުގެ އެއްވެސް އަމަލެއް ހިންގަވާފައިނުވާނެ ކަމަށެވެ.
One Response
ދޮގުހެކިދޭ މީހާ ﷲ ސވ އަށް ފިލާރައްކާވެވޭނެބާ؟
ނޫނީ ޤިޔާ މަތްދުވަހު ﷲ ސވ ދަރުބާރުގަ ދިފާއުކުރެވޭނީ ކޮންހެއްކެއްގެ މައްޗައްބާ؟
އަޖައިބު ވެއްޖައިން! ދުވާލަކު އެތަށް ބަޔަކު ގެ ކަށުނަމާދައްގޮވާލަހިނދު އެގޮތަށް ތިމާމެނއގެ މަށްޗަށް ގޮވާލެވެނެ ގަޑިއިނީ ބާކީކިތަށް މިނިޓްކަން އެނގޭބާ؟
ސްބްޙާނަ ﷲ މިއޮށް ދުނިޔެއެއްދޯ ބަޔަ ރުފިޔާހޯދުމަށް ސިއްރާފާޅުގަ މިހިންގާ ކަން ކަމަކީ ހާދަބޮޑުވެގެންވާ ޖަރީމާތަކެ ކޭ