އަލަމްގިރި ކޭސް: ނާޒިމް ސައްތާރުގެ ޝަރީއަތް އާދިއްތަ ދުވަހު

އަލަމްގިރި ކޭސް: ނާޒިމް ސައްތާރުގެ ޝަރީއަތް އާދިއްތަ ދުވަހު

ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އެމްޑީ އަލަމްގިރި އާއިއެކު އެއްޖިއްސުން ގުޅުންހިންގި ކަމުގެ މައްސަލާގައި ހައްޔަރުކޮށް ދައުވާ އުފުލާފައިވާ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުގެ ޝަރީއަތް އާދީއްތަ ދުވަހު ފެށުމަށް ތާވަލް ކޮށްފިއެވެ.

މިމައްސަލަ އާދީއްތަ ދުވަހަށް ތާވަލް ކޮށްފައިވާއިރު، ބެލެވޭ ގޮތުގައި މިޝަރީއަތް ކުރިއަށް ގެންދާނީ ސިއްރު ކޮށްގެންނެވެ. އެއީ މިހާތަނަށް މިމައްސަލާގައި ޝާމިލުވާ އަލަމްގިރި ގެ ޝަރީއަތްވެސް ކުރިއަށް ގެންގޮސްފައިވަނީ ސިއްރު ކޮށްގެންކަމަށް ވާތީއެވެ.

ނާޒިމް އެއްޖިންސުން ގުޅުން ހިންގާ ވީޑިއޯއެއް ލީކުވެ، އެ މައްސަލައިގެ ތަހުގީގަށް އޭނާ ފުރުން އޮތީ މަނާކޮށްފަ އެވެ. އެމައްސަލައިގައި އޭނާ ހައްޔަރު ވެސް ކުރިއެވެ. ނަމަވެސް މިހާރު ހުރީ ބަންދުން ދޫކޮށްލާފައެވެ.

ނާޒިމްގެ މައްޗަށް އެއްޖިންސުން ގުޅުންހިންގުމުގެ ދައުވާ ކޮށްފައިވަނީ އެކުށުގައި ބޮޑު އަދަބު ދެވެން އޮތް ޖިންސީ ކުށުގެ ގާނޫނު ދޫކޮށް ކުޑަ އަދަބު ދެވެން އޮތް ގާނޫނުންނެވެ. އެއީ ގާނޫނުލް އުގޫބާތުގެ ދަށުންނެވެ. އެހެންކަމުން އޭނާގެ މައްޗަށް މައްސަލަ ސާބިތުވި ނަމަވެސް އަންނަނީ ހައެއްކަ މަސްދުވަހުގެ ހުކުމެކެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި އަލަމްގިރުގެ މައްޗަށް ތިން ދައުވާއެއް އުފުލިއެވެ. އެ ހުރިހާ ދައުވާއަކަށްވެސް އޭނާ ވަނީ އިޢުތިރާފްވެފައެވެ. އަވަސްނިޔާގެ މައްސަލައެއްގެ ގޮތުގައި ކުރިއަށްގެންދިޔަ މި މައްސަލާގައި އޭނާގެ މައްޗަށް ހަތް މަސްދުވަހަށް ޖަލަށް ލުމަށް ޙުކުމްކުރިއިރު، ޝަރީއަތުން ވަނީ އޭނާއަށް ތައުބާ ލައިދީފައެވެ.

އެއް ޖިންސުން ގުޅުން ހިންގިކަމަށް ތުހުމަތުކުރެވޭ މައްސަލާގައި އަލަމްގިރުގެ އިތުރުން 3 ދިވެއްސެއްގެ މައްޗަށްވެސް ދައުވާކުރެއެވެ. އެއީ ޤާނޫނީ ވަކީލް ނާޒިމް ސައްޠާރާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުޙައްމަދު ނަޝީދާއި، ފުލުހެއްކަމަށްވާ ޢަބްދުއްރަހުމާން ރަފީޢުއެވެ. އެމީހުންގެ މައްޗަށްވެސް ދައުވާ އުފުލާފައިވަނީ ގާނޫނޫލްއުގޫބާތުގެ ދަށުންނެވެ. މި ޝަރީއަތްތައް ކުރިއަށް ގެންދާނީ, ޖިންސީ ކުށާއި ގުޅޭ މައްސަލައަކަށްވާތީ ސިއްރުކޮށްގެންނެވެ.

ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ އުފުލުމުން މިމައްސަލައިގައި ހިމެނޭ މީހުންނަށް އެންމެ ބޮޑު އަދަބަކަށްވެސް އަންނާނީ ނުވަ މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *