"ތޭންކް ގޯޑް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

"ތޭންކް ގޯޑް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
10 ސެޕްޓެމްބަރ 2022 07:27
0

ބޮލިވުޑްގެ މަޝްހޫރު އެކްޓަރ އަޖޭ ދޭވްގަންގެ ކުރިއަށް އޮތް ފިލްމު "ތޭންކް ގޯޑް" ގެ ޕޯސްޓަރުތަކެއް ދައްކާލައިފި އެވެ.

މި ފިލްމުން އަޖޭގެ އިތުރުން ސިދާތު މަލްހޮތުރާ އާއި ރަކުލް ޕްރީތު ސިންގ ވެސް ފެނިގެންދާނެއެވެ. "ތޭންގް ގޯޑް" ގެ ކުރިން ރަކުލް ވަނީ މި އަހަރު ރިލީޒްކުރި "ރަންވޭ 34″ އާއި 2019 ގެ "ދޭ ދޭ ޕިޔާރު ދޭ" ގައި ވެސް އަޖޭއާ އެކީ މަސައްކަތްކޮށްފަ އެވެ. އަދި ކުރިއަރަމުން އަންނަ ބަތަލާ ވަނީ ސިދާތާ އެކީ ވެސް ދެ ފިލްމެއްގެ މަސައްކަތްކުރިން ކޮށްފަ އެވެ. އެއީ 2018 ގެ "އައްޔާރީ" އާއި 2019 ގެ "މަރުޖާވާ" އެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

ދިވާލީގައި ރިލީޒް ކުރުމަށް ހުރިހާކަމެއް މިހާރު ނިމިފައިވާ މި ފިލްމު ޑައިރެކްޓް ކޮށްފައިވަނީ އިންދަރު ކުމާރެވެ. މަސްހުނި އިހުސާސްތަކެއްގެ މައްޗަށް ހަދާފައިވާ މިފިލްމަކީ ޓީ ސީރީޒްގެ އުފެއްދުމެކެވެ.

 

View this post on Instagram

 

A post shared by T-Series (@tseries.official)

އަންނަ މަހުގެ 25 ގައި ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައިވާ "ތޭންކް ގޯޑް" ގެ ޑައިރެކްޓަރު އިންދްރަ ކްމާރް އެންމެ ފަހުން ގެނެސްދިން ފިލްމަކީ އަޖޭ މުހިއްމު ރޯލެއް ކުޅުނު 2019 ގެ "ޓޯޓަލް ދަމާލް" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.