ބޮލީވުޑްގެ ބަތަލާއިން ގެ ލޫޅާފަތި ކަމުގެ ވާހަކަ އަކީ ހުރިހާ އެންމެވެސް ދައްކާ ވާހަކައެވެ. އަދި ހަށިގަނޑު ލޫޅާފަތިކަންމަތީ ބެހެއްޓުމަށް އެމީހުންނަކީ ނުހަނު ބުރަކޮށް މަސައްކަތްވެސް ކުރާ ބައެކެވެ.
ގަވައިދުން ކަސްރަތު ކުރުމާއި ކެއުން ބުއިން ވަކި ގޮތއްކަކަށް ބެހެއްޓުމުެ އިތުރުން ބައެއް ތަރިންނަކީ ތަފާތު ސާޖަރީ ތަށްވެސް ހަދާ ތަރިންނެވެ.
ނަމަވެސް ބައެއް ތަރިންނަކީ ހަށިގަނޑު މެއިންޓެނަސް ކުރުމުގައި ވަރަށް ބޮޑަށް ފެއިލް ވެފައިވާ ތަރިންނެވެ. އަދި އާންމުކޮށް ބޮލީވުޑްގެ ތަރިންގެ ހަށިގަނޑު ހުންނަ ސައިޒް އަށް ވުރެ ފަލަކޮން ތިބި ބައެއް ތަރިންވެސް މިހާރު ބޮލީވުޑްގައި މަޝްހޫރު ކަން އަންނަނީ ހޯދަމުންނެވެ.
އެގޮތުން ހަށިގަނޑު މެއިންޓަނަސް ނުކުރެވޭ އެއް ތަރިއަކީ ވިދްޔާ ބާލަން ކަމުގައި ބުނުމަކީ ގޯހަކަށް ނުވާނއެވެ. އޭނާ ފިލްމް ގެ މަސްއްކަތް ފެށީ އިރުވެސް ގިނަ ބަޔަކު ބުނަމުން އައީ ފަލަ ކަމަށެވެ. އަދި ހަމަ އެއާއި އެކު މަޑުމަޑުން އޭނާ އަންނަނީ ފަލަވަމުން ނެވެ.
މިހާރު އޭނާ ހުރީ ވަރަށް ބޮޑަށް ފަލަވެއެވެ. އަދި އެކަމަކީ ނޯމަލް ކަމެއް ކަމަށް އެންމެ ބޮޑަށް ދައުވާ ކުރާ އެއްބަތަލާ އަކީ ވެސް ހަމަ ވިދްޔާއެވެ.
ކާމިޔާބު އެތަށް ފިލްމް އެއް ކުޅެފައިވާ ބަތަލާ އާއި މީޑިއާއިން އަބަދުވެސް ކުރާ އެއް ސުވާލަކީ ހިކުމުގެ ސުވާލެވެ. އެސުވާލުގެ ޖަވާބު ގައި އޭނާ އަދބަދުވެސް ބުނާ އެއް ވާހަކައެއް އޮވެއެވެ. އެއީ ހިކުމާ ފަލަ ވުމަކީ އެކްޓިންއަށް އަސަރު ކުރާ ކަމެއް ނޫންކަމަށެވެ.
އަދި މިފަދަ ކަންކަމާއި މެދުގައި ދެކޭ ގޮތް ނުވަތަ ނަޒަރިއްޔާ ބަދަލު ކުރުމަށްވެސް އެނާ ވަނީ ނޫސްވެރިން ކައިރިން އެދިފައިއެވެ. އަދި ފަލަ ވުމަކީ މައްސަލައަކަށް ވާން ނުޖެހޭ ކަމެއް ކަމަށާއި އެެއީ ވަރަށް ނޯމަލް ކަމެއް ކަމަށް އޭނާ ވަނީ ބުނެފައިއެވެ. މީގެ އިތުރުން ވިދްޔާ ބުނީ އޭނާ ހުރި ސައިޒާ މެދުގައި ހުރީ އުފަލުން ހިންހަމަ ޖެހިގެން ކަމުގައިއެވެ.
އެތަށް ފިލްމް ތަކަކުން ފެނިގެން ގޮސްފައިވާ ބަތަލާ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ މިދިއަ އަހަރު ރިލިޒް ކުރި ފިލްްމ "ޖަލްސާ" އިންނެވެ.
43 އަހަރުގެ ބަތަލާ ކަިއވެނި ކޮށްގެން އުޅެނީ މަޝްހޫރު ޕްރޮޑިއުސަރު ސިދާތް ރޯއީ ކަޕޫރާއިއެވެ. އެމީހުން ކައިވެނި ކުރީ 2012 ވަނަ އަހަރުގައިއެވެ. މީ ވިދްޔާގެ އަލަތު ކައިވެންޏެވެ. ނަމަވެސް ސިދާތް ވަނި މީގެ ކުރިން ދެކައިވެންޏެއް ކޮށްފައިއެވެ. އަދި އެމީހުންނަށް އެކައިވެނިން އަދި ދަރިއަކު ނުލިބެއެވެ.