މިދިޔަ ޖުލައި މަހުގެ 29 ވަނަ ދުވަހު ރިލީޒްކުރި "އެކް ވިލަން ރިޓާންސް" އަންނަ ހުކުރު ދުވަހުން ފެށިގެން ނެޓްފްލިކްސް އިން ސްޓްރީމްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.
އެކްޝަން ތުރިލާ "އޭކް ވިލަން ރިޓާންސް" އަކީ 2014 ގައި ޝްރަދާ ކަޕޫރާއި ސިދާތު މަލްއުތުރާގެ އިތުރުން ރިތޭޝް ދޭޝްމުކާ އެކީ ގެނެސްދިން "އޭކް ވިލަން" ގެ ސީލްއެލް އެވެ.
ޖޯން އަބްރަހަމް، އަރްޖުން ކަޕޫރު، ދިޝާ ޕަޓާނީ އަދި ތާރާ ސުތާރިއާ ލީޑް ރޯލުން ފެނުނު މި ފިލްމު ނެޓްފްލިކްސްއިން ސްޓްރީމްކުރެވޭކަން އިއުލާނުކުރީ މިދިޔަ ހޯމަ ދުވަހުއެވެ.
މި ފިލްމް އަކީ މީގެ ފުރަތަމަ ފިލްމް ވަރުގެ ކާމިޔާބު ލިބުން ފިލްމްއެއް ނޫނެވެ. "އެކް ވިލަން ރިޓާންސް" ސިނަމާ ތަކުގައި ދައްކަން ފެށީ މި އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހުއެވެ.