ސުޕަސްޓާ ސަލްމާން ހާންގެ މިއަހަރުގެ ފިލްމް "ކިސީ ކާ ބާއީ، ކިސީ ކީ ޖާން" ގެ ޓީޒާ އެއް މިއަދު ބެލުންތެރިންނަށް ދައްކައިލައިފިއެވެ.
މި ޓީޒާގައި ހަމަ އެކަނި ފެނިގެންދިއައީ ސަލްމާނާ ހާންއެވެ. އޭނާ ގެ ދިގު އިސްތަށިގަނޑާ އެކުގައި ހިންގާފައި ދާނިކޮން އަދި ސައިލެއް ދުއްވަނިކޮން ވެސް ފެނެއެވެ. މުޅި ޓީޒާގައި ވެސް ޝޫޓް ކޮށްފައި ވަނީ ސަހާރާ އެއްގައިއެވެ.
މީގެ ކުރިން ފިލްމީ އިންޑަސްޓްރީގައި އޫޅޭތާ 34 އަހަރު ފުރުން ދިމާކޮށްވެސް ސަލްމާން ވަނީ ފިލްމް ގައި އޭނާ ފެންނާނެ ގޮތް ބެލުންތެރިންނަށް ދައްކައިލައިފައިއެވެ.
މިއަހަރުގެ ޑިސެމްބަރުގައި ރިލީޒްކުރާގޮތަށް ކުރިން ނިންމާފައިވާ "ކަބީ އީދު ކަބީ ދިވާލީ" ގެ ނަން "ބައިޖާން"އަށް ބަދަލުކޮށްފައިވާ ކަމަށް އަޑު އަރާފައި ވަނިކޮށް އޭގެ އަސްލު ނަން ސަލްމާން އިޢުލާނު ސޯޝަލް މީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައިއެވެ. ކެޕްޝަނަކަށް ބޭނުންކޮށްފައިވަނީ އޭނާގެ ކުރިއަށް އޮތް ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"އެވެ.
#KisiKaBhaiKisiKiJaan pic.twitter.com/n5ZPs5lsUc
— Salman Khan (@BeingSalmanKhan) August 26, 2022
ފަރުހާދު ސަމްޖީ ޑައިރެކްޓުކުރާ މި ފިލްމުގައި ސަލްމާނާއި ޕޫޖާގެ އިތުރުން މި ފިލްމުގައި ހިމެނޭ އިތުރު ތަރިންގެ ތެރޭގައި ޖޭސީ ގިލް، ރާގަވް ޖުޔަލް، ސިދާތު ނިގަމް އަދި ބިގްބޮސް ސީޒަން 13 އިން ވިދާލި ޝެހެނާޒް ގިލްވެސް ހިމެނެއެވެ.