"ގުޑްބާއި"ގެ ޕޯސްޓަރެއް ދައްކާލައިފި

"ގުޑްބާއި"ގެ ޕޯސްޓަރެއް ދައްކާލައިފި

Author
ފާތިމަތު ނާވީ
07 ސެޕްޓެމްބަރ 2022 07:57
0

ބޮލީވުޑްގެ މެގަ ސްޓާ އަމިތާބް ބައްޗަން އާއި ސައުތުގެ ޒުވާން ބަތަލާ ރަޝްމިކާ މަންދަނާ ފެނިގެންދާ ފިލްމް "ގުޑްބާއި"ގެ ޕޯސްޓަރެއް ދައްކާލައިފިއެވެ.

މި ފިލްމަކީ ނެޓްފްލިކްސް އިން ޕްރިމިއާ ކުރަން ހަމަ ޖެހިފައިވާ ފިލްމެކެވެ. ޑައިރެކްޓަރު ވިކާސް ބާލްގެ މި ފިލްމަކީ ފެމިލީ ކޮމެޑީ ޑްރާމާ އެކެވެ.

"ގުޑްބާއި"ގެ ކާސްޓްގައި ނީނާ ގުޕްތާ، ސުނިލް ގްރޯވާ، ޝިވިން ނަރަންގް، އެލީ އަވްރަމް، ސާހިލް މެހެތާގެ އިތުރުން ޕަވައިލް ގުލާޓީ ވެސް ހިމެނެއެވެ.

 

View this post on Instagram

 

A post shared by Amitabh Bachchan (@amitabhbachchan)

މިއަހަރުގެ މިހާތަނަށް ވަނީ އަމީތާބްގެ ދެ ފިލްމެއް ރިލީޒްކޮށްފައެވެ. އެއީ "ޖުންދު" އާއި "ރަންވޭ 30″ އެވެ. ކުރިއަށް ވެސް އަމިތާބްގެ ފިލްމެއް އެބަ އޮތެވެ. އެއީ މިމަހުގެ 9 ވަނަ ދުވަހު ރިލިޒް ކުރާ ވަަރަށް އުންމީދީ ފިލްމެއް ކަމުގައިވާ "ބްރައްމަސްތުރާ" އެވެ.

"ގުޑްބާއި" ރިލީޒް ކުރުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހުއެވެ. ނަމަވެސް އޭގެ ކުރިން އަމިތާބްގެ އިތުރު ފިލްމް އެއް ކަމުގައިވާ "އޫޗާއީ" މި މަހުގެ 11 ގައި ރިލީޒް ކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.