ތަނަކަށް އެއްވާން ބޭނުންވާނަމަ ޙައްޖަށް ދާންވީކަމަށް ވިދާޅުވި ވާހަކަފުޅު ޔާމީން މިހާރު ހަނދާނެއް ނެތް!

ތަނަކަށް އެއްވާން ބޭނުންވާނަމަ ޙައްޖަށް ދާންވީކަމަށް ވިދާޅުވި ވާހަކަފުޅު ޔާމީން މިހާރު ހަނދާނެއް ނެތް!

Author
މުޙައްމަދު ޖިމީ
03 ސެޕްޓެމްބަރ 2022 11:31
0

ތަނަކަށް އެއްވާން ބޭނުންވާނަމަ ހައްޖަށް ދާން ވިދާޅުވެފައިވާނެކަން ހަނދުމަފުޅު ނެތްކަމަށް އިދިކޮޅު ލީޑަރު ރައީސް ޔާމީން ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅުން ކުރަމުން ދިޔަ މުޒާހަރާތަކާއި ގުޅިގެން 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއްގައި ރައީސް ޔާމީން ވަނީ ތަނަކަށް އެއްވާން ބޭނުންވާނަމަ ހައްޖަށް ދިއުމަށް ގޮވާލައްވާފައެވެ.

އަބަދު މި ދައްކަނީ ތަންތަނަށް އެއް ނުވެވޭ ވާހަކަ. ބަލަ ތަންތަނަށް އެއްވާ ނަމަ، ހައްޖަށް ދާން ވީނު..

– ރައީސް ޔާމީން ވިދާޅުވެފައިވެއެވެ.

ނަމަވެސް ރޭ ސަންގު ޓީވީން ގެނެސްދިން ރައީސް ޔާމީންގެ އިންޓަރވިއުގައި ޕްރެޒެންޓަރ ވަނީ ރައީސް ޔާމީންގެ އެ ވާހަކަފުޅާއި ގުޅޭގޮތުން ސުވާލުކުރައްވާފައެވެ. އެއީ މިހާރު ޕީޕީއެމް އިން ކުރަމުންދާ މުޒާހަރާތަކަށް އިޝާރާތްކުރައްވައެވެ.

ނަމަވެސް ރައީސް ޔާމީން ވިދާޅުވީ، އެމަނިކުފާނު އެހެން ވިދާޅުވިކަމަށް "ރިކޯލް" ނުކުރެވޭކަމަށެވެ.

ހައްޖަށް ދާކަށް މުޒާހަރާކުރަން ބޭނުންނަމަ. އަޅުގަނޑަކަށް ރިކޯލެއް ނުކުރެވޭ އިނގޭތޯ.ހަމަ އެއްގޮތަކަށްވެސް.

– ރައީސް ޔާމީން ރޭ ވިދާޅުވިއެވެ.

ޔާމީން ވިދާޅުވީ، މުޒާހަރާ ނުވަތަ ތަންކަށް އެއްވާން ބޭނުްވާނަމަ އެކަން ކުރަން ތަންތަން ކަނޑައަޅާފައިވާކަމަށެވެ. އެމަނިކުފާނު އެ އިޝާރާތްކުރެއްވީ އެމަނިކުފާނުގެ ވެރިކަމުގައި، ޤާނޫނަށް ގެނެސްފައިވާ އިޞޤލާހަށެވެ. އެއީ މުޒާހަރާ ކުރަން ބޭޏުންވާނަމަ ފުލުހުންގެ ހުއްދައާއެކު އެކަން ކުރެވޭނީ ކާނިވާ ސަރަހައްދުގައިކަމަށް ޤާނޫނަށް އެމަނިކުފާނުގެ ވެރިކަމުގައި ގެނެސްފައިވާ އިސްލާހަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސެއްޅި
ބަލަ ވީޑިއޯ ނެރެބަލަ.