ފ.ބިލެއްދޫގައި ހިންދޫ ދީނަށް އަޅުކަން ކުރާ މައްސަލައެއް ފެންމަތިވެއްޖެއެވެ.
މިމައްސަލަ ފެންމަތިވީ ބިލެއްދޫގައި ދިރިއުޅޭ އިންޑިޔާ ރައްޔިތުން ތަކެއް އެމީހުންގެ ދީނީ އަޅުކަމެއް ފުރިހަމަ ކުރުމަށް ހިންގި ހަރަކާތުގެ ފޮޓީ ސޯޝަލް މީޑިއާގައި ދައުރު ވުމާއި ގުޅިގެންނެވެ. މިކަން ހިނގާފައިވަނީ އިއްޔެގެ މެންދުރުގެ ވަގުތެއްގައިކަމަށް މައުލޫމާތު ލިބެއެވެ.
އެމީހުން ވަނީ އަޅުކަން ކުރަން ގެންގުޅުނު އެއްޗެއް އަތްމަތީގައި ބާއްވައިގެން އެރަށުގެ އެކި ސަރަހައްދު ތަކުގައި ހިނގާ ހަދާފައެވެ. މިކަމުގައި ގިނަ ބަޔަކު ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅު ކުރަމުންދާއިރު މިކަމާއި ގުޅިގެން ކަމާއި ގުޅުންހުރި އިދާރާއަކުން އަދި މާބޮޑު އެއްޗެއް ނުބުނެއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލްވެސް ވިދާޅުވެފައިވަނީ އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ މައުލޫމާތު އިއްޔެ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ. އެކަމާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބަލަމުންދާކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މިމައްސަލާގައި ދީނީ އިލްމުވެރިންވެސް ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ. ރާއްޖެއަކީ ސައްތައިން ސައްތަ އިސްލާމީ ޤައުމަކަށްވާއިރު ރާއްޖޭގައި އެހެން ދީންތަކަށް އަޅުކަންކޮށް އެކަން ކުރުމަށް ޖާގަ ދެވިގެން ނުވާނެކަމަށް ބައެއް އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
إنا لله وإنا إليه راجعون.
މިހިސާބަށް މިކަންކަން ގޮސް، ރަށުތެރެޔަށް ނިކުމެ ފާޅުގައި ބުދަށް އަޅުކަން ކުރަމުންދާއިރުވެސް ވެރިން މިކަންކަން ނުހުއްޓުވާނަމަ، އަޅުގަނޑުމެން ނިކުމެ އަތުން ފައިން މިކަން ހުއްޓުވުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށް ވާޖިބެއް. pic.twitter.com/IMtKTNm8QV
— Adam Nishan Ibn Ali Adam (@adamnishanali) September 2, 2022
އަދި މިއީ ސަރުކާރާއި ކަމާއި ގުޅުންހުރި އިދާރާތަކުން ނުހުއްޓުވޭވަރުގެ ކަމަކަށްވާނަމަ އާންމުން ނިކުމެވެސް މިފަދަ ކަންކަން ހުއްޓުވަން ޖެހޭކަމަށް މިކަމާއި ގުޅިގެން ނުރުހުން ފާޅު ކުރަމުންދާ އިލްމުވެރިން ދަނީ ވިދާޅުވަމުންނެވެ.
ކޮމެންޓު ފޮނުވާ