ވަކި ޤައުމަކީ ނުރަނގަޅު ޤައުމެއްކަމަށް ދެކެވޭގޮތަށް މަޖިލީހުގެ ރައީސް އާއި މެންބަރުން ވާހަކަ ދެއްކުމަކީ އެންމެ ރަނގަޅުގޮތް ނޫންކަމަށާއި، ކޮންމެ ޤައުމަކީވެސް ހަމަހަމަ ޤައުމަކަށް ދެކެންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ ދ.މީދޫ ދާއިރާގެ މެންބަރު އަދި އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު ވިދަޅުވެއްޖެއެވެ.
ރާއްޖޭގެ ދަރަނި ބޮޑުވެފައިވަނީ ކުރީ ސަރުކާރުން ޗައިނާއިން ދަރަނި ނަގައިގެންކަމަށާއި، އެ ފަރަނިތައް އަދާކުރުން ފަސްކުރަންޖެހޭކަމް ވިދާޅުވެ މަޖިލީހުގެ ރައީސްއާއި ސަރުކާރުގެ ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވާތީ އެކަމަށް ފާޑުވިދާޅުވަމުން އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް ވިދާޅުވީ، ވަކި ޤައުމަކާމެދު ގޯސްކޮށް ދެކޭނަމަ ޤައުމު ހަލާކުވެގެން ގޮސްދާނެކަމަށެވެ.
ޚާއްޞަކޮށް ޗައިނާފަދަ ބޮޑެތި ޤައުމުތަކަށް ޖައްސާލައިގެން މިމަޖިލިހުގެ ބޭފުޅުން އުޅޭކަމަށްވަންޔާ މިޤައުމަށް ހަމަ ނޭނގޭފަދަ ގެއްލުން ވެގެން ގޮސްދާނެ. މޮޔަ ކަންތައް އަޅުގަނޑުމެން އަޅުގަނޑުމެން ކުރާކަށް ނުވޭ. އަޅުގަނޑުމެންނަކީ ކުޑަކުދިންނެއްނޫން. އެނގިލައްވާނެފަދައިން ޗައިނާއަކީ މިއަދު އެމެރިކާއަށްވުރެ ބޮޑު އިޤްތިޞާދެއް
-އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު
ސިޔާމް ވިދާޅުވީ ޗައިނާއާއި ނުލާ ރާއްޖޭގެ ރައްޔިތުންނަށް ދިރިނޫޅެވޭނެކަމަށާއި އެކަން ޤަބޫލުކުރަންޖެހޭކަމަށެވެ. ޗައިނާ ފަދައިން އިންޑިއާއާއި އމެެރިކާވެސް ރާއްޖެއަށް މުހިންމުކަމަށާއި، އެހެން ޤައުމުތައްވެސް މުހިންމުވާކަމަށެވެ. ނަމަވެސް ސިޔާސީ ކަންކަމުގައި އަމިއްލަ ސަލާމަތްކަން ދެނެގަންނަންޖެހޭކަމަށް ސިޔާމް ވިދާޅުވިއެވެ.
ތިމާގެ އިއްޒަތާއި އާރާއި ބާރު އޮތީމަ ތިމާ ބޭނުން އެއްޗެއް ބުނެލަން ބޭނުންވީމަ ހިތަށް އަރާފަދަ އެއްޗެއް ބުނާފަދަ ކަންތައްތަކެއް ނޫންމިއީ ބޮޑެތި ޤައުމުތަކާ ދޭތެރޭގަ. އެހެންވީމަ ޗައިނާއާއެކު އޮންނަ ގުޅުންމިއަށްވުރެ ބޮޑަށް ބަދަހިކުރަން އަޅުގަނޑު ދިވެހި ސަރުކާރަށް އަޅުގަނޑު ގޮވާލަން.
-އެމްޑީއޭގެ ލީޑަރު އަޙްމަދު ސިޔާމް މުޙައްމަދު
ޗައިނާއާއެކު އޮތް ގުޅުން ބަދަހިކޮށް ފާޑުކިއުން ހުއްޓާލުމަށް ސިޔާމް ގޮވާލާފައިވާއިރު، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާމަގެ ފައްޓަރުބައި ވިއްކާލިޔަސް ޗައިނާ އަށް ދަރާފައިވާ ދަރަނި ނުދެއްކޭނެކަމަށް ވިދާލުވެފައެވެ. އަދި އިއްޔެ އެމްޑީޕީ ހަރުގޭގައި ވާހަކަފުޅު ދައްކަވަމުންވެސް ރައީސް ނަޝީދު ވިދާޅުވީ، ދުނިޔޭގެ އެންމެ ކުރިއަރާފައިވާ ޤައުމު ޗައިނާއިން ގެންގުޅެނީ ދުނިޔެ ދަންނަ އިސާފެއް ނޫންކަމަށެވެ. ރައީސް ނަޝީދު ވިދާޅުވީ ރާއްޖެ މިއަދު މިހާތަލަތުގައި އޮތީ ޗައިނާގެ ސަބަބުންކަމަށެވެ. ރައީސް ޔާމީންގެ ސަރުކާރުގައި ޗައިނާއިން ނަގާފައިވާ ލޯނުތަކާއި، ދަރަނިތައް ހޯދަން މިއަދު ކެނޑިނޭޅި އެޤައުމުން މަސައްކަތް ކުރަމުންދާއިރު، އެބޭފުޅުން ދުނިޔެ މިހާރު އޮތް ހާލަތަށްވެސް ނުބައްލަވާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ރައީސް ނަޝީދު ވިދާވީ މިސަރުކާރުން މިއަހަރުގެ ބާކީ އޮތްބާގައި ދަރަނީގެ ގޮތުގައި ޗައިނާއަށް 86 މިލިޔަން ޑޮލަރު ދައްކަންޖެހޭކަމަށެވެ.
ކޮމެންޓު ފޮނުވާ