ޔާޔާ ނަބީލް ދޫކޮށްލަން ހުކުމް ކުރި ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ބަލަންޖެހޭ: ސަނީފް

ޔާޔާ ނަބީލް ދޫކޮށްލަން ހުކުމް ކުރި ފަނޑިޔާރު ހުރީ ކޮން ހާލަތެއްގައިތޯ ބަލަންޖެހޭ: ސަނީފް

ސޯޝަލް މީޑިއާގައި ބަރަހަނާ ފޮޓޯއާއި ވީޑިއޯ އާންމުކުރާތީ ހައްޔަރު ކުރި ޔާޔާ ނަބީލް ދޫކޮށްލަން އަމުރުކުރި ފަނޑިޔާރު ހުންނެވީ ކޮން ހާލަތެއްގައިތޯ ބަލަންޖެހޭ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ މެމްބަރު ސަނީފް ވިދާޅުވެއްޖެއެވެ.

އެނާ މިހެން ވިދާޅުވީ ޔާޔާ ނަބީލްގެ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ކޯޓަށް ހާޒިރު ކުރުމުން އެނާ އަކީ މުޖުތަމައަށް ނުރައްކާތެރި މީހެއް ނޫންކަމަށްބުނެ އެނާ ދޫކޮށްލުމަށް ކޯޓް ޢަމުރު ކުރުމާއި ގުޅިގެން ކުރެއްވި ޓުވީޓުގައެވެ. ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ އޭނާއަށް ތުހުމަތު ކުރެވޭ ކުށުގެ ބަވާތުން މުޖުތަމައުގެ އެހެން ފަރާތަކަށް ގެއްލުމެއްް ލިބުމުގެ ފުރުސަތެއް ނެތް ކަމަށެވެ.

އަދި އޭނާގެ ފަރާތުން މީހަކަށް ގެއްލުމެއް ލިބިފައިނުވާތީ އާއި، އޭނާ ބަންދުން ދޫކޮށްލިޔަސް މުޖުތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތް ކަމަށް އަމުރުގައި ވެއެވެ.

މިހުކުމާއި ގުޅިގެން މެމްބަރު ސަނީފް ވިދާޅުވީ ޔާޔާ ނަބީލްއަކީ މުޖުތަމައަށް ނުރައްކަލެއް ނެތް މީހެއް ކަމަށްބުނެ އޭނާ އަލުން މުޖުތަމައަށް ދޫކޮށްލި ފަނޑިޔާރު ހުންނެވި ހާލަތާއިމެދު ސުވާލު އުފެދޭކަމަށެވެ. އެފަނޑިޔާރު ހުންނެވި ހާލަތު ދިވެހި ރައްޔިތުން ބަލަންޖެހޭކަމަށް ސަފީން ވިދާޅުވިއެވެ.

މިހުކުމް އިއްވި ފަނޑިޔާރު ހުރީ ކިހިނެތް. ކޮން ހާލަތެއްގައިތޯ ބެލުން ދިވެހި ރައްޔިތުން ކުރަންޖެހޭ ކަމެއް.

– ސަނީފް ވިދާޅުވިއެވެ.

އޭނާ ބަންދުުން ދޫކޮށްލައިފިނަމަ އާއްމު ރައްޔިތުންގެ ފަރާތުން އޭނާއަށް ގެއްލުމެއް ލިބިދާނެ ކަމުގެ އިހުތިމާލެއް އޮތުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ސަލަމަތަށް ނުރައްކާ އޮތް ސަބަބެއް ކަމަށް ފުލުހުން ބުނެފައިވާ ކަމަށްވެސް އެ އަމުރުގައި ވެއެވެ. ނަމަވެސް އެއީ އޭނާ ބަންދުގައި ބެހެއްޓޭނެ ސަބަބެއް ނޫން ކަމަށް އެ އަމުރުގައި ވެއެވެ.

އޭނާ ފިލާފާނެ ކަމަށް ފެންނަ ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ. އެއީ ފުލުހުންގެ ތަހުގީގުގައި އޭނާގެ ފޯނުގެ ޕާސްވޯޑް ހޯދަން އެދުމުން ޕާސްވޯޑް ދީފައިނުވާތީ އާއި ތަހުގީގަށް އެއްބާރުލުން ނުދޭ ފަރާތެއް ފިލާފާނެ ކަމަށް ފުލުހުން ކޯޓުގައި ބުނެފައި ވެއެވެ.

ނަމަވެސް ކޯޓު އަމުރުގައި ބުނެފައި ވަނީ އޭނާއަކީ އާއިލާ މީހުންނަށް ނުފޫޒު ފޯރުވޭފަދަ މަގާމެއްގައި ހުރި ފަރާތެއް ކަމަށް ނުފެންނަ ކަމަށެވެ. އޭނާ މީސް މީޑިއާގައި ލައިވް ކުރާ ކަންކަން ބަލާ ހުރިހާ ފަރާތްތަކެއް އޭނާއަށްވެސް ނޭނގޭނެތީ ހެއްކަށް ނުފޫޒު ފޯރުވުމުގެ އެއްވެސް އިހްތިމާލެއް އޮތް ކަމަކަށް ނުފެންނަ ކަމަށްވެސް ކޯޓު އަމުރުގައި ބުނެފައި ވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *