ހަރުކަށި ފިކުރާއި ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަލާމަތީ ބާރުތަކާއި ކަމާއި ގުޅުންހުރި އިދާރާތަކުން ގުޅިގެން ޚާއްސަ ފައުޖެއް އުފެއްދުމަށް ގޮވާލައި މަޖިލީހަށް މައްސަލައެއް ހުށަހަޅައިފިއެވެ. މިމައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދުއެވެ.
ވަހީދު ހުށަހެޅުއްވި މައްސަލާގައި ބުނެފައިވަނީ ރާއްޖޭގައި ހަރުކަށި ފިކުރަށް ޖާގަލިބޭގޮތަށް ހިންގޭ ޢަމަލުތައް ހުއްޓުވުމަކީ ދައުލަތުން ގުޅިގެން ކުރަންޖެހިފައިވާ މުހިންމު މައްސަލައެއް ކަމަށެވެ. އިސްލާމްދީނުގެ ނަމުގައި އަނިޔާވެރި ޢަމަލުތައް ހިންގާ ހަރުކަށި ހައްދުފަހަނަ އަޅާފައިވާ މީހުން މަރަން ފަސް ނުޖެހޭ 1،400 މީހުން ރާއްޖޭގައި ތިބިކަމަށް ކަމިޝަނާ އޮފް ޕޮލިސް ވިދާޅުވެފައިވާމަށެވެ.
ހަރުކަށި ފިކުރުގެ ނުރައްކާތެރިކަން ކުޑަކުރުމަށްޓަކައި މަސައްކަތް ކުރުމަށް ކުރަންޖެހޭ މަސައްކަތް އިތުރު ކުރަންޖެހެނީ މިފަދަ އަމަލުތައް ދުވަހެއް ދުވަހަށް އިތުރުވަމުންދާތީކަމަށް ވަހީދުގެ މައްސަލާގައި ބުނެފައިވެއެވެ. މިފަދަ ކުށްތައް ހިންގާ މީހުންގެ މައުލޫމާތު ސަލާމަތީ ބާރުތަކުގައި ހުރެ އެފަދަ ފަރާތްތަކާއިމެދު އެކަށީގެން ފިޔަވަޅު އެޅުމަށްވެސް މައްސަލާގައި ވަނީ ގޮވާލާފައެވެ.
ހަރުކަށި ފިކުރުގެ އަމަލުތައް ހިންގާ ފަރާތްތަކާއިމެދު ފިޔަވަޅު އެޅުމުގައި މުވައްސަސާތައް ފަހަތު ފަޔަށް ބުރަވެފައިވާތީ އާހިއްތަވަރަކާއިއކު މިކަމާއި ކުރިމަތި ލުމަށްޓަކައި ސިފައިންނާއި ފުލުހުން އަދި ތަންފީޒީ ކަންކަން ހިންގުމުގެ ޒިންމާ އޮތް އިދާރާތަކުގެ ކޮމާޑެއްގެ ދަށުން އެކުލެވޭ ޚާއްސަ ފައުޖެއްވެސް އެކުލަވާލުމަށް މައްސަލާގައި ވަނީ ގޮވާލާފައެވެ.
މީގެ އިތުރުން އިސްލާމިކް މިނިސްޓްރީއާއި ގުޅިގެން ދިވެހި ރާއްޖޭގައި ދީނީ ތައުލީމު ދިނުމާއި ދީނީ ވައުޒާއި ނަސޭހަތް ދިނުމުގެ ކަންކަން ހިންގާނީ އިސްލާމީ ދުނިޔޭގެ މަޝްހޫރު ބޮޑެތި ގިނަ އިލްމުވެރިން އިއްތިފާގުވެ މެދުމިނެއްގެ އިންތަކުގެ ތެރޭގައިކަން ކަށަވަރު ކުރުމުގެ މަސައްކަތް އިތުރަށް ބާރަށް ހިންގުމަށްވެސް މިމައްސަލާގައިވަނީ ސަރުކާރަށް ގޮވާލާފައެވެ.
One Response
ތިޔަވުރެމަާބޮދުކަމެެ މިގައުމުންމަސްތުވަާތަކިީގެވަބަާމިގައުމުން
ނައްތަާލަންމަސާކަޔްދިީބަލަަ މަޖިލިީހުގަތިބިި ބޮޑެތިޑުރަގުލިީޑަރުން
ނަތަާލަންމަސައްކްކޮދެވަބަލަަ ވަޑެޭގެތިހަާގަޓެހުރިޔައްް އަންދުންހުސެޭނުމެނުމެންކަހަލަމިީހުންގެކިބަާޔްް މިގައުމުސަލަާމަޔްކޮދިީ
މިީކިހަާބޮޑުވަާޔެއްް ޖިީލުހަލަާކުވަކަމެއްނެޭނގެ
މިކަމުގަމަޖިލިީސްޒިމަަާވަާންޖެޙެޭނެ