ޗެކަޕެއް ހެދުމަށް ޤާސިމް ދަރުމަންވަތާގައި، ހާލުކޮޅު ރަނގަޅު

ޗެކަޕެއް ހެދުމަށް ޤާސިމް ދަރުމަންވަތާގައި، ހާލުކޮޅު ރަނގަޅު

Author
މުޙައްމަދު ޝަޒައިމް
29 އޮގަސްޓް 2022 01:34
0

ރޫޓީން ޗެކަޕެއެއް ހެއްދެވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ދަރުމަވަން ހޮސްޕިޓަލަށް ގެނެސްފިއެވެ.

ޖުމްހޫރީ ޕާޓީގެ ތަރުޖަމާނު ވިދާޅުވީ ގާސިމް ދަރުމަވަންތަ ހޮސްޕިޓަލަށް ގެންދިޔައީ އާންމުކޮށް ހަދަމުންދާ ރޫޓިން ޗެކަޕެއް ހެދުމަށްކަމަށެވެ. އަދި ގާސިމްގެ ހާލު ރަނގަޅުކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ގާސިމް މިއަދު ދަރުމަވަންތައަށް ގެނެސްފައިވާއިރު، މީގެ ދެތިން ދުވަސް ކުރިން ސަން އައިލެންޑް ރިސޯޓްގައި ހުންނަވަނިކޮށް ހާލު ސީރިއަސް ވެގެން ޑޮކްޓާރުންގެ ޓީމެއް މާލެ އިން އެރިސޯޓަށް ގޮސްފައިވާކަމަށް މީސް މީޑީއާގައި ޚަބަރު ފެތުރުނެވެ. ނަމަވެސް އެޚަބަރުވެސް ޖުމްހޫރީ ޕާޓީންވަނީ ދޮގުކޮށްފައެވެ.

ކޯވިޑް-19އާއި ގުޅިގެން ގާސިމަކީ ހައިރިސްކު ބޭފުޅަކަށްވުމުން ގިނައިން ދިރިއުޅުއްވަނީ ސަން އައިލެންޑުގައެވެ. މަޖިލީހުގެ ޖަލްސާތަކަށްވެސް ގާސިމް ވަޑައިގަންނަވަނީ ވަރަށް މަދުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

ސ ސަންޕަ
އެއްކަލަ ހޮހަޅައިގަތަ
ގ ގަލަން
ބަލިވެންގެން ހޮސްޕިޓަލައް ގެނައީ ޗެކަޕް ހެދީ ބަލިވެގެން ގެނައިމެ. ކޮންމެ ކަމެއް ދިމާވިޔަސް ދޮގުހަދން އާދެވެފަމިތިބީ މިވެރިންނައް ބަލިވެގެން ވިޔަސް ހަދަނީދޮގު ބަލިނުވެޔޭކިޔައިގެން ސިޔާސީ ކަންކަމުގަ ރައްޔިތުންނައް ދޮގު ހަދާ ހަދާ އާދަވެފަ އެތިބެނީ. ސަންއައިލެންޑް ގަ ހުއްޓަސް ކޮންމެތާކު ހުއްޓަސް ބަލިވާނެ އަދި ބަލާއައިމަ ދާންޖެހާނީ ކޮންމެ މީހަކުވެސް