ގިނަ ބަޔަކާއެކު އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯ ނެގި މައްސަލައިގައި ހައްޔަރުކޮށްފައިވާ ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރް ފުލުހުންގެ ތަހުގީގަށް ދީފައިވާ ބަޔާން ލީކުވި މައްސަލަ ފުލުހުން ތަހުގީގު ކުރާނެ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.
ގިނަ އަދަދެއްގެ ފިރިހެނުންނާއި އެކީ އެއްޖިންސުން ގުޅުން ހިންގި ބަންގްލަދޭޝްގެ އެމްޑީ އަލަމްގިރިގެ ތަހުގީގަށް ދިން ބަޔާން ވަނީ ލީކު ކޮށްލާފައެވެ. ލީކުކޮށްލާފައިވަ ބަޔާނުގައި އިނގިލީގި ނިޝާނާއި ފުލުހުންގެ އިދާރާގެ ތަތްގަނޑުވެސް ޖަހާފައިވެއެވެ. މި ބަޔާން ލީކުކޮށްލާފައިވަނީ ޓުވިޓަރގައެވެ. އަލަމްގިރް ގެ ބަޔާނުގައި އަލަމްގިރް ވަނީ އޭނާ ހިންގި ފާހިޝް އަމަލުތަކުގެ ތަފްސީލު ވަރަށް ރަނގަޅަށް ކިޔާދީފައެވެ.
ލީކުވި ބަޔާނާގައި ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން ފުލުހުންނާއި އަމާޒުވެފައިވާ މިދަނޑިވަޅުގައި ކަމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު އޮންލައިން ނޫހަކަށް ދިން އިންޓަރވިއުއެއްގައި ވިދާޅުވީ މިހައިތަނަށް ވެސް މި ބަޔާން އޮތީ ފުލުހުންގެ ތެރޭގައި ކަމަށާއި އެހެން ނަމަވެސް ލީކުވެފައި ނުވާ ކަމަށެވެ. އަދި މާދަމާއަށް ކޯޓުގައި މައްސަލަ އެޖެންޑާ ކޮށްފައި ވަނިކޮށް މިކަން ދިމާވުމަކީ ކަންބޮޑުވެވަޑައިގަންނަވާ ކަމެއްކަން ފާހަގަކުރައްވަމުން ސީޕީ ވިދާޅުވީ ފުލުހުންގެ ތެރެއިން އެކަން ބަލާނެ ކަމަށެވެ.
ސީޕީ އިތުރަށް ވިދާޅުވީ ފުލުހުންގެ އިތުރުން އަލަމްގިރުގެ ބަޔާން މިހާރު އޮންނާނީ ކްރިމިނަލް ކޯޓާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހާއި އަލަމްގިރްގެ ދިފާއީ ވަކީލުގެ އަތުގައި ކަމަށެވެ.
ފުލުހުންގެ ތަހުގީގަށް އަލަމްގީރް ދީފައިވާ ބަޔާން ލީކު ކޮށްލާފައިވާއިރު، އެބަޔާނުގައި އަލަމްގިރި ބުނެފައިވަނީ އޭނާގެ އުމުރުން 7 އަހަރުގައި އަވައްޓެރިއަކު ގަދަކަމުން އޭނާ އާ ޖިންސީ ގުޅުން ހިންގާފައިވާ ކަމަށެވެ. އޭގެ ފަހުން އޭނާގެ އުމުރުން 10 އަހަރުން ފެށިގެން އެގައުމުގައި ތިބި އޭނާގެ ރައްޓެހިންނާއި އެކީ އެއްޖިންސުން ގުޅުން ހިންގަމުން އައި ކަމަށާއި އެކަމުގެ ތެރޭގައި ރައްޓެއްސެއްގެ ފަރާތުން އެއްޖިންސުން ގުޅުންހިންގާ މީހުން ބޭނުން ކުރާ އެޕްލިކޭޝަން ފެނުނު ކަމަށެވެ.
އެޕްލިކޭޝަން މެދުވެރިކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުންނާއި ޗެޓްކޮށް އެމީހުންނާއި ބައްދަލުކޮށް އެމީހުންނާއި އެކު އެއްޖިންސުން ގުޅުން ހިންގަމުން ދިޔަ ކަމަށެވެ. 2018 ވަނަ އަހަރު މާލެ އައުމަށްފަހު އެ އެޕްލިކޭޝަން މެދުވެރިކޮށް އެއްޖިންސުން ގުޅުން ހިންގާ މީހުން ހޯދަމުން ދިޔަ ކަމަށާއި އެގޮތުން އޭނާ ދިރިއުޅޭ ގެ އަށް އޭގެ މީހުން ގެންނަން ފެށި ކަމަށެވެ.
ނަމަވެސް އެމީހުންނާ ގުޅުން ހިންގަމުން ދިޔައީ ފައިސާގެ ބޭނުމުގައި ނޫން ކަމަށް އަލަމްގިރި ބުނެފައިވެއެވެ. ނަމަވެސް އޭނާދެކެވާ ލޯބިން ބައެއް މީހުން އޭނާ އަށް ފައިސާގެ ގޮތުގައި 100 ޑޮލަރާއި 200 ޑޮލަރާއި 500 ރުފިޔާއާއި 1000 ރުފިޔާ ވެސް ދީފައިވާ ކަމަށް އޭނާ ވަނީ ތަހުގީގުގައި ބުނެފައެވެ. އަމިއްލަ ހިތްހަމަ ޖެހުމަށް ގާތްގަނޑަކަށް 45-50 ދެމެދުގެ ވީޑިއޯ ރިކޯޑް ކުރި ކަމަށާއި ނަމަވެސް އެ ކަން ކުރީ މީހަކު ބްލެކްމެއިލް ކުރުމުގެ ނިޔަތުގައި ނޫން ކަމަށް އޭނާ ބުނެފައިވެއެވެ.
އެއްޖިންސުން ގުޅުން ހިންގައި ވީޑިއޯކޮށް މީހުން ބްލެކްމެއިލް ކުރި މައްސަލައިގައި ހައްޔަރުކޮށްފައިވާ އަލަމްގިރި އެތުހުމަތަށް އިންކާރު ކުރެއެވެ. އޭނާ ބުނެފައިވަނީ އޭނާ އެއްވެސް ވީޑިއޯ އެއް ލީކުކޮށްލާފައި ނުނާވެ ކަމަށާއި އޭނާ ވީޑިއޯ ކުރަން ގެންގުޅު ފޯނު ބަޔަކު ވަގައް ނަގައި އޭނާ ޑިލީޓްކޮށްފައިވާ ވީޑިއޯތަށް ރިކަވަރ ކޮށްގެން ބަޔަކު އެ ވީޑިއޯތައް ލީކުކުރީ ކަމަށެވެ.
އެއްޖިންސުން ގުޅުން ހިންގި މީހުންގެ ތެރެއިން ހަނދާން ހުންނަނީ އެންމެ މީހެއް މަތިން ކަމަށް ވެސް އަލަމް ގިރި ވަނީ ބުނެފައެވެ. އެއީ ގާނޫނީ ވަކީ ނާޒިމް ސައްތާރެވެ. އޭނާ މަތިން ހަނދާން ހުންނަނީ އޭނާ އާއެކު އެތައް ފަހަރަކު ގުޅުންހިންގައި އަދި ޖިންސީ ބޭނުން ފުއްދަން ގެންގުޅޭ އާލާތްތައް އޭނާ އަށް ހަދިޔާ އަށް ދޭތީ އެވެ. އަލަމް ގިރިގެ ތަހުގީގް ބަޔާން ލީކުވެފައި މިވަނީ އޭނާގެ ޝަރީއަތް މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފައި ވަނިކޮށެވެ.