ގިނަ ދިވެހި ފިރިހެނުންނާއެކީ އެއްޖިންސުން ގުޅުން ހިންގާފައިވާ ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރީގެ މައްޗަށް ކޮށްފައިވާ ދައުވާގެ އަޑު އެހުމެއް މާދަމާ ބޭއްވުމަށް ތާވަލް ކޮށްފިއެވެ.
ޝަރީއަތުގެ މި އަޑު އެހުން ތާވަލް ކޮށްފައިވަނީ މާދަމާ ހަވީރު 4:00 އަށެވެ. ޖިންސީ މައްސަލަތަކާގުޅޭ ޝަރީއަތްތަކަކީ ސިއްރު ކޮށްގެން ކުރިޔަށް ގެންދާ އަޑުއެހުންތަކަކަށް ވާތީ އަމަލްގިރީގެ ޝަރީއަތްވެސް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސިއްރު ކޮށްގެންނެވެ.
ބަންގްލާދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)އާއި، ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުއެވެ.
އަދި މި ތިންމީހުންގެ މައްސަލަވެސް ޕީޖީއަށް ފޮނުވުމާއެކު އެމީހުންވަނީ ބަންދުން ދޫކޮށްލާފައެވެ. އެހެންނަމަވެސް އެއް ޖިންސުން ގުޅުން ހިންގުމުގައި އިސްކޮށް އުޅުނު އަލަމްގިރި ބަންދުން ދޫކޮށްފައެއް ނުވެއެވެ.
ޕީޖީންވަނީ އަލަމްގިރީގެ މައްޗަށް 3 ދައުވާއެއް ކޮށްފައެވެ. 3 ދައުވާ އޭނާގެ މައްޗަށް ސާބިތު ވެއްޖެނަމަ ދި ގުމައްދަތުގެ ޖަލު ހުކުމެއް އޭނާގެ މައްޗަށް އަންނާނައެވެ.
އަލަމްގިރިއާއެކު އެއްޖިންސުން ގުޅުންހިންގި ގިނަ ބައެއްގެ ވޯޑިއޯތަކެއް ލީކްވެފައިވާއިރު، އަދި ޝަރީއަތަށް ފިނުވާފައިވަނީ އޭނާ ހިމެނޭގޮތުން ޖުމްލަ ހަތަރު މީހުންގެ މައްސަލައެވެ.
ކޮމެންޓު ފޮނުވާ