ކޯވިޑްގެ ކަރަންޓީނުގައި ގޭގެ ހުރިހާ މަސައްކަތެއް މި ކުރަނީ އަމިއްލައަށް: އަމީތާބް

ކޯވިޑްގެ ކަރަންޓީނުގައި ގޭގެ ހުރިހާ މަސައްކަތެއް މި ކުރަނީ އަމިއްލައަށް: އަމީތާބް

Author
ފާތިމަތު ނާވީ
30 އޮގަސްޓް 2022 08:08
0

މިދިޔަ ހަފްތާގައި ބޮލީވުޑްގެ ލެޖެންޑް އަމިތާބް ބައްޗަން ވަނީ އޭނާ ދެވަނަ ފަހަރަށް ކޯވިޑަށް ޕޮޒިޓިވް ވިކަން އިއުލާން ކޮށްފައެވެ.

އަދި ކޮންޓެކްޓްވެފައިވާ މީހެއް ހުރި ނަމަ އަވަހަށް ޓެސްޓް ކުރުމަށާއި ކޯވިޑަށް ޕޮޒިޓިވްވީ ނަމަވެސް ހާލު ރަނގަޅު ކަމަށް ވަނީ ބުނެފައެވެ. 2020 ވަނަ އަހަރު މުޅި ދުނިޔޭގައި ވަކި ހިއްޕާލި ކޯވިޑްގެ ބަލިމަޑުކަމުގެ އެންމެ ހާލަތު ގޯސް ދުވަސްވަރުގައި ވެސް އަމީތާބަށް ކޯވިޑް ޖެހުނެވެ.

މިދިއަ ހަފްތާގައި ކޯވިޑް ޖެހުމާއި އެކުގައި އޭނާ ވަނީ ކަރަންޓީނު ވެފައެވެ. މިހާރު އުމުރުން 79 އަހަރު ވެފައިވާ އަމިތާބް ބުނީ މިހާރު އެކަހެރިވެގެން ހުންނަ ޖެހުމުން ގޭތެރޭގެ ހުރިހާ ކަމެއް ކުރަމުން މިދަނީ އޭނާ އަމިއްލައަށް ކަމަށެވެ.

އެގެތެރޭގައި ފާހާނަ ސާފު ކުރުމާ ގޭތެރެ ސާފު ކުރުމާއި ކެއްކުމާއި މިފަދަ ހުރިހާ ކަމެއްވެސް ކުރަނީ އަމިއްލައަށް ކަމަށް ވަނީ ބުނެފައެވެ. އަދި އޭނާއަށް އަންނަ ފޯނު ކޯލް ތަކާއި އީމެއިލް ތަކަށްވެސް ޖަވާބު ދެމުން އަންނަނީ އޭނާ ކަމަށް ވަނީ ބުނެފައެވެ.

މިއަހަރު އަދި މިހާތަނަށް ރިލީޒްވީ އަމިތާބްގެ ފިލްްމު ތަކަކީ އަޖޭ ދޭވްގަން އާއި އެކުގައި ފެނިގެންދިޔަ ފިލްމު "ރަންވޭ 34″ އާއި "ޖުންޑު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.