މަރުވިތާ އަހަރެއް ފަހުން މީހަކު ހޯދަން އިއުލާންކުރުމުން، ފުލުހުނަށް ބޮޑެތި ފާޑުކިޔުން!

މަރުވިތާ އަހަރެއް ފަހުން މީހަކު ހޯދަން އިއުލާންކުރުމުން، ފުލުހުނަށް ބޮޑެތި ފާޑުކިޔުން!

Author
މުޙައްމަދު ޝަޒައިމް
28 އޮގަސްޓް 2022 01:54
0

މީގެ އެއް އަހަރު ކުރިން މަރުވެފައިވާ މީހަކު، ތަހުގީގަށް ހާޒިރުވާން ފުލުހުން މިއަދު އިއުލާނުކޮށްފިއެވެ.

އެ އިދާރާއިން ކުރި އިއުލާނުގައި އޮތީ އދ. ދަނގެތި، ފެހިވިލާ، ޝަކުލު އަލީ، 41، ހާޒިރުކުރަނީ ފޯނުން ގުޅައި މަކަރާއި ހީލަތުން ފައިސާ ހޯދާފައިވާ މައްސަލައިގެ ތަހުގީގަށް ކަމަށެވެ. އޭނާ އުޅޭ ތަނެއް ނޭނގޭތީ މައްސަލައިގެ ތަހުގީގަށް ހާޒިރުކުރުމަށް ޗިޓު ރައްދުކުރެވިފައިނުވާ ކަމަށް ވެސް ފުލުހުންގެ އިއުލާނުގައި ބުނެފައިވެއެވެ.

ނަމަވެސް، އޭނާ ވަނީ ކޮވިޑްގައި ޖޫން 19، 2021 ގައި މަރުވެފައެވެ.

މީހަކު ކުރި ޓްވީޓެއްގައި ބުނީ ޝަކުލު ހޯދަނީ މީގެ ދެ އަހަރު ކުރިން ޖުލައި 27، 2020 ގައި ހުށަހެޅި މައްސަލައެއްގެ ތަހުގީގަށް ކަމަށެވެ. ތަހުގީގަށް މީހަކު ހޯދަން އުޅުން އެހާ ލަސްވުމުންނާއި އަދި މީހާ މަރުވި ފަހުން އިއުލާނުކުރުމުން އެ ޕޯސްޓްގައި ވަނީ ފާޑުކިޔައިފައެވެ.

އޭނާގެ ކަށުނަމާދަށް އިއުލާނުކޮށް މިދިޔަ އަހަރު ކޮށްފައިިވާ ޕޯސްޓާއި ފުލުހުންގެ އިއުލާނުގެ ސްކްރީންޝޮޓާ އެކު ޓްވީޓްކޮށް ފާޑުކިޔާފައި ވާއިރު ފުލުހުން މިހާރު ވަނީ އިއުލާނު ޑިލީޓްކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.