ރައީސް ޔާމިންގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފްކަން ކުރެއްވި އަހުމަދު މުސްތަފާ، ޕީއެންސީގެ ރައީސް އަބުދުއްރަހީމަށް ނިސްބަތްކޮށް "ޓިނު އަދުރރޭ"ގެ ނަމުން މުޚާތަބް ކުރުމާއި ގުޅިގެން ޕީޕީއެމްގެ ސެނެޓްގައި މައްސަލަ ހޫނު ވެއްޖެއެވެ.
ނަމާދުގެ އަޑު ނީވޭގޮތަށް ހަދަން މިސްކިތްތަކަށް މިސަރުކާރުގެ އިސްލާމިކް މިނިސްޓްރީން އެންގިކަމަށް ބުނެ ނޫހެއްގައި ލިޔެފައިވާ ޚަބަރަށް ނިސްބަތްކޮށް މުސްތަފާ ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވަނީ "މިފަހަރު މިއޮތީ އެ އުޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފަ!" ކަމުގައެވެ. މުސްތަފާގެ ޓުވީޓުގައި ވިދާޅުވީ، މި ވެރިކަމުގައި ބަންގީގެ އަޑު ކެނޑޭނެކަމަށް އަަދުރޭ ވިދާޅުވެފައިވާކަމަށާއި، މި ސަރުކާރުގެ އަމާޒު ހުރީ އެ ދިމާލަށް ކަމުގައެވެ.
މިފަހަރު މިއޮތީ އެ އުަޅޭ ޓިނު އަދުރޭގެ ހިސާބު ދިމާވެފަ! އޭނާ ބުނީ މިމީހުން ވެރިކަމާ ހަވާލުވެއްޖެނަމަ، ބަންގީގެ އަޑު ކެނޑޭނެއޭ! މިސްރާބު ހުރީ އެ އަމާޒައް! pic.twitter.com/Lv6GLVO9NN
— Ahmed Musthafa (@musthonomics) August 25, 2022
ޚަބަރު އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ ސެނެޓްގައި މައްސަލަ ހޫނުވެފައިވަނީ، ޓުވީޓުގައި މުސްތަފާ އަބުދުއްރަހީމަށް "ޓިނު އަދުރޭ"ގެ ނަމުން މުޚާތަބުކުރުމާއި ގުޅިގެންނެވެ. އަދި މި ހިންހަމަނުޖެހުންތަކުގައި ސެނެޓްގެ ވައިބަރ ގުރޫޕުގައި ގިނަ މެމްބަރުންގެ ފާޑުކިއުން މުސްތަފާއަށް ވަނީ އަމާޒު ވެފައެވެ.
މުސްތަފާގެ ޓުވީޓާއި ގުޅިގެން ޕީޕީއެމްގެ ސެނެޓްގެ ވައިބަރ ގުރޫޕްގައި ހިންހަމަ ނުޖެހުން ފާޅުކޮށްފައިވާ މެމްބަރުންގެ ތެރޭގައި މިހާރުގެ މަޖިލިސް މެމްބަރުންގެ އިތުރުން ކުރީގެ މަޖިލިސް މެމްބަރުންނާއި އަދި ރައީސް ޔާމިންގެ 2018ގެ ރިޔާސީ އިންތިޚާބުގެ ރަނިންގ މޭޓު ޑރ. ޝަހީމްވެސް ހިމެނިވަޑައިގަންވައެވެ.
ޕީއެންސީގެ އަޚު އަބުދުއްރަހީމައަށް ނިސްބަތްކޮށް މިފަދަ ގޮތަކަށް ޕީޕީއެމްގެ ނަމޫނާ ދައްކަވަން ތިއްބަވާ އިސް ބޭފުޅުން މުޚާތަބް ކުރުމަކީ ވަރަށް ދެރަވަރު ކަމެއް! އެހެނީ ރައީސް ޔާމިން ޖަލުގައި އޮންނެވި ހިތްދަތި ދުވަސްވަރު ރައީސް ޔާމިންއާއި ގާތުން މަސައްކަތް ކުރެއްވި އެތައް ބޭފުޅުންނެއް ރައީސް ޔާމިންއަށް އެހީތެރިވުމުގެ ބަދަލުގައި ރައީސް ޔާމިން ވީ ހާލެއްގައިވާން ދޫކޮށް ދިއުމުންވެސް، ޕީޕީއެމް/ޕީއެންސީ ކޮޅަށް ޖައްސަވަން އަބުދުއްރަހީމް ކުރެއްވި ހިތްވަރާއި، ދެއްކެވި ސާބިތު ކަމަކީ ޕާޓީގެ ކޮންމެ ބޭފުޅެއްވެސް ޝުކުރުވެރިކަމާއެކު ބަލައިގަަންނަން ޖެހޭނެ ކަމެއްގެ ގޮތުގައި އަޅުގަޑު ދެކެން.
މުސްތަފާގެ ޓުވީޓާއި ގުޅޭގޮތުން ހިންހަމަ ނުޖެހުން ފާޅުކޮށް ޑރ. ޝަހީމް ޕީޕީއެމްގެ ސެނެޓް ވައިބަރ ގުރޫޕުގައި ލިޔުއްވާފައި ވެއެވެ.
ޕީޕީއެމް ސެނެޓްގެ ގިނަ މެމްބަރުން ފާހަގަ ކޮށްފައިވާ ގޮތުގައި، ރައީސް ޔާމިން ޖަލުގައި އޮންނެވި އިރުވެސް ޕީޕީއެމް ނަގާ ކޮޅަށް ޖެހުމަށް އޭރުވެސް އެންމެ ހިތްވަރާއެކީ މަސައްކަތް ކުރެއްވީ އަބުދުއްރަހީމް އިސްވެ ހުންނަވައިގެންނެވެ. އަދި ރައީސް ޔާމިންއަށް 2023 ކާމިޔާބު ކޮށްދޭން ބޭނުންވާނަމަ ޒާތީވުން ދޫކޮށްލާ އެކީގައި މަސައްކަތް ކުރަންޖެހޭނެކަމަށްވެސް ބައެއް މެމްބަރުން މުސްތަފާގެ މި ޓުވީޓާއި ގުޅިގެން ވިދާޅުވެފައި ވެއެވެ.
ރައީސް ޔާމިން ޖަލަށް ވަޑައިގަންނަވަން ޖެހިވަޑައިގަތުމުން، ދެޕާޓީގެ ކައުންސިލްގެ ރިޔާސަތު ބެލެހެއްޓެވުން ހަވާލުކުރެއްވީ ޕީއެންސީގެ ރައީސް އަބުދުއްރަހީމްއާއެވެ. އަދި އޭރުއްސުރެ ރައީސް ޔާމިން މިނިވަންވުމާއި ހަމައަށް، ޕީޕީއެމް ޕިއެންސީ ހިންގުވުމުގައި އެންމެ އިސްކޮށް ހަރަކާތްތެރި ވަމުންއ އައީވެސް އަބުދުއްރަހީމްއެވެ.
ހަމައެއާއެކު، ރައީސް އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަހުމަދު މުސްތަފާއަކީވެސްީ ރައީސް ޔާމިން ވަރަށް ބޮޑަށް އިތުބާރު ކުރައްވާ، އަދި ޒަމާނުއްސުރެ ވަރަށް ގާތް ބޭފުޅެކެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ޕީޕީއެމްގެ އެތެރޭގައި އުފެދިފައިވާ ހިންހަމަ ނުޖެހުންތަކާއި އުދާސްތަކުގައި އެޕާޓީގެ ތެރޭގައިވެސް ވަނީ ދެ ފެކްޝަނެއް އުފެދި، ގިނަ މައްސަލަތަކުގައި ދެ ފެކްޝަންގެ ވާދަވެރިކަން ވަނީ ބޮޑުވެފައެވެ. މިގޮތުން އުފެދިފައިވާ ދެ ފެކްޝަންގައި ދެޕާޓީގެ ޕާލަމެންޓްރީ ގުރޫޕުގެ މެމްބަރުންވެސް ތިއްބެވިކަމަށް ވަނީ މައުލޫމާތު ލިބިފައެވެ.
މުސްތަފާގެ ޓުވީޓާއި ގުޅިގެން އުފެދުނު ހިންހަމަ ނުޖެހުންތަކާއި ގުޅިގެން ރައީސް ޔާމިންވަނީ މިއަދުގެ މެންދުރުފަހު ދެޕާޓީގެ ލީޑަރޝިޕާވެސް ބައްދަލު ކުރައްވާފައެވެ.
One Response
މުސްތޮފާއަށް ހަމަސާބަސް ޓިނު ވަގު އަދުރޭވާނީ ހަމަޓިނުވަގަށް ވަރަށް ވަރަށް ސާފް އެހެންނޫންތޯ