އިންޑިއާގެ ޓްރެވެލް އޭޖެންސީ، މޭކް މައި ޓްރިޕާއި ޔަސް އައިލެންޑް ގުޅިގެން ކުރިއަށް ގެންދާ ކެމްޕެއިނެއްގައި ރަންވީރު ސިންގްއާ އެކުގައި 50 ފޭނަކަށް ޗުއްޓީ ހޭދަކުރުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
3 ދުވަހުގެ މުއަދަތަށް ކުރިއަށް ގެންދާ މި ދަތުރުގައި ބައިވެރިވުމަށް މޭކް މައި ޓްރިޕްގެ އިންސްޓަގްރާމްގައި މިހާރު އާންމުކޮށްފައިވާ ވީޑިއޯގައި ފެންނަ ރަންވީރުގެ ނެށުމުގެ ސްޓެޕް ކޮޕީކޮށް، ނަށައި ވީޑިއޯކޮށް އިންސްޓަގްރާމްގެ ޕަބްލިކް އެކައުންޓެއްގައި ޕޯސްޓްކުރަން ޖެހެއެވެ. ޕޯސްޓްކުރާ އިރު ޔާސްއައިލޭންޑް އާއި މޭކްމައިޓްރިޕް ޓެގްކުރުމުގެ އިތުރަށް ހޭޝްޓެގް ފްލައިމީޓުޔާސް ބޭނުންކުރަން ޖެހޭނެ އެވެ.
މި ޗެލެންޖްގައި ބައިވެރި ވެވޭނެ ސުންގަޑި އަކީ މި މަހުގެ 30 އެވެ. އަދި ހަމަ އެ ދުވަހު ފޮނުވާ ވީޑިއޯތަކުގެ ތެރެއިން ހުކް ސްޓެޕް އެންމެ ރަނގަޅަށް ޖެއްސި 50 ފޭނަކު ހޮވާނެއެވެ. އެކަން ވެސް އިއުލާންކުރާނީ މި މަހުގެ 30 ގައިއެވެ.
މި ދަތުރުގައި އަބޫދާބީގެ މަތީ ފެންވަރުގެ ހޮޓެލްތަކުގެ ތެރެއިން އެއް ހޮޓަލެއްގައި މަޑުކުރުމުގެ އިތުރުން އެވޯޑް ލިބިފައިވާ ތީމް ޕާކްތަކާއި އެޓްރެކްޝަންތައް ކަމަށްވާ ފެރާރީ ވޯލްޑް އަބޫދާބީ، ޔާސް ވޯޓާވޯލްޑް އަބޫދާބީ، ވޯނަރ ބްރޯސް ވޯލްޑް އަބޫދާބީ، ސީލައިއެމްބީ އަބޫދާބީ، ޔާސް މެރީނާ ސާކިޓް، ޔާސް މޯލަށް ޒިޔާރަތް ކުރުމުގެ ފުރުސަތު ލިބޭނެއެވެ.