"ޗުޕް" އަންނަ މަހުގެ 23 އަށް

"ޗުޕް" އަންނަ މަހުގެ 23 އަށް

Author
ފާތިމަތު ނާވީ
27 އޮގަސްޓް 2022 08:24
0

ދުވަސްގަނޑަކަށް ފަހު ކުރީގެ މަޝްހޫރު އެކްޓަރު ސަނީ ޑިއޯލް ފެނިގެންދާ ފިލްމް "ޗުޕް" އަންނަ މަހުގެ 23 ވަނަ ދުވަހުގައި ރިލީޒް ކުރުމަށް ތާވަލް ކޮށްފިއެވެ.

މި ފިލްމަކީ ސައިކޮލޮޖިކަލް ތުރިލާ އެކެވެ. ކުރީގެ ލެޖެންޑެއް ކަމަށްވާ ގުރޫ ދަތުގެ ހަޔާތުގެ ވާހަކަ އިންސްޕިރޭޝަނަކަށް ބަލައިގެން އުފައްދާފައިވާ މި ފިލްމު ލިޔެ، ޑައިރެކްޓް ކޮށްފައިވަނީ އާރް ބަލްކީއެވެ.

ސަނީ އެންމެ ފަހުން ފެނިގެން ދިއައީ 2019 ވަނަ އަހަރުގެ ފިލްމް "ބްލޭންކް" އިންނެވެ. މީގެ އިތުރުން އޭނާ ވަނީ ހަމަ އެ އަހަރު "ޕަލް ޕަލް ދިލްކޭ ޕާސް" ކިޔާ ފިލްމެއް ޑައިރެކްޓް ކޮށްފައެވެ.

 

View this post on Instagram

 

A post shared by Sunny Deol (@iamsunnydeol)

ފިލްމު "ޗުޕް"ގެ ކާސްޓުގައި ސަނީގެ އިތުރުން ޕޫޖާ ބަޓާއި ދެކުނުގެ މަޝްހޫރު ތަރި ދަލްގޫރް ސަލްމާންގެ އިތުރުން ޝްރެޔާ ދަންވަންތަރީ ހިމެނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.