ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުން: ސީޕީ

ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުން: ސީޕީ

Author
މުޙައްމަދު ޝަޒައިމް
26 އޮގަސްޓް 2022 03:48
0

މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުން ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު ވިދާޅުވެއްޖެއެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މިހެން ވިދާޅުވީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިންގ “އިންސްޕެކްޓަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ ޕޮލިސް މުޙައްމަދު ޙަމީދު އިތުރަށް ވިދާޅުވީ ފުލުހުންގެ ޚިދުމަތަކީ ރައްޔިތުން އެދޭފަދަ ޚިދުމަތަކަށް ހެދުމަށް މިޑުލްމެނޭޖްމަންޓުގައި ހިންގުމުގެ ނިޒާމުގެ އާރުކާޓީންގެ ގޮތުގައި، ޒަމާނަށް ލޯ ހުޅުވިފައިވާ އަދި ރައްޔިތުންގެ ވިންދު ދެނެގަނެވޭ ފުލުހުން ތިބުން ވަރަށް މުހިންމު ކަމަށެވެ. އަދި އިންސްޕެކްޓަރ ކޯހަށް އެހާ އަހަންމިއްޔަތުކަމެށް ދެވޭ ސަބަބަކީވެސް އެއީކަން ފާހަގަކުރެއްވިއެވެ. އަދި މި ކޯސް ފުރިހަމަކުރި އެންމެހައި ބައިވެރިން ދެން ޚިދުމަތަށް ނުކުންނާނީ އިތުރު ހުނަރާއި ގާބިލިއްޔަތުކަން ލިބިގެންކަމާމެދު ޝައްކުނުކުރާކަމަށް ވިދާޅުވިއެވެ.

އަދި ހަމަ އެހެންމެ މިއަދު ދިވެހި ވެށީގައި ފުލުހުން އަދާކުރާ ދައުރު އަންނަނީ ދުވަހަކަށްވުރެ ދުވަހެއް ފުޅާވަމުންކަމާ އަދި ފުލުހުންގެ މަސައްކަތް ހިންގާ މާހައުލަށް އަންނަ ތަފާތުތަކުގެ ސަބަބުން އެ ބަދަލުތަކާ އެއްހަމަކޮށް ބަދަލުތަކަށް އަށަގަނެ ޚިދުމަތްދިނުން ތަރައްގީވާން އެބަޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި ޓެކްނޮލޮޖިކަލް، އިޖުތިމާއީ އަދި ތިމާވެއްޓަށް އަންނަމުންދާ ހަލުވި ބަދަލުތަކުގެ ސަބަބުން ކުށުގެ މާހައުލު އަދި ރައްޔިތުންގެ ރައްކާތެރިކަމަށް ކުރިއާ ތަފާތު ގޮންޖެހުންތައް މެދުވެރިވެފައިިވާކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، މިއަދު ފެނިގެންދަނީ އިންޓަނެޓާ ގުޅިފައިވާ ޕްލެޓްފޯމްގެ ތެރެއިން ކުށްކުރުން އިތުރުވަމުން އަންނަތަން ކަމާއި އިޖުތިމާއީ އެތައް މައްސަލައެއް ހައްލުކުރުމުގައި ފުލުހުންގެ ދައުރު އަދާކުރަންޖެހިފައިވާ ކަމަށް ވިދާޅުވިއެވެ. އަދި ހާއްސަގޮތެއްގައި ނަފްސާނީ ދުޅަހެޔޮކަން ނެތް ފަރާތްތަކާ ޑީލްކުރަންޖެހޭ ޖެހުން އިތުރުވަމުން އަންނަކަން ފާހަގަކުރެއްވިއެވެ. އަދި ރޭންކުތަކާއި ރޯލްތަކުގައިތިބޭ ފުލުހުން މިކަމަށް އަހުލުވެރިވެ ހުނަރުލިބި އަދި ފުލުހުންގެ މަސައްކަތުގެ އޮނިގަނޑު ހަރުދަނާކުރުމަށް މިއަދު އަވަސްވާންޖެހިފައިވާކަމުގައި ވިދާޅުވިއެވެ.

އޭގެ އިތުރުން، ފުލުހުންގެ ޚިދުމަތުގެ ކޯރ މިޝަން ހާސިލުކުރުމަށް ޝައުގުވެރިކަމާއި ޖޯޝާއެކުގައި މަސައްކަތްތަކެއް ކުރެވެންޖެހޭ ކަމަށް ވިދާޅުވިއެވެ. އަދި އުންމީދަކީ މި މަގުން މަސައްކަތްތައް ކުރިއަށް ގެންދިއުމުގައި ފުލުހުންގެ ޚިދުމަތުގައި ތިބި، މި ކޯހުގެ ދަސްވެނިންފަދަ ޚިދުމަތްދާރު އަދި ތަޖުރިބާކާރު އޮފިސަރުން ކުރިއެރުން ހޯދައި ރައްޔިތުންގެ އިތުބާރާއި ޔަގީންކަން ހޯދުމަށް ވަރަށް ސާބިތުކަމާއެކީ މަސައްކަތްކުރަމުން ގެންދިއުންކަމަށް ވިދާޅުވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަލީ
އެއްކަމެއް ވެސް ފުޅަލެއްނުވޭ. މިއަދު ފުލުހުންނަކީ ބޮޑު ޖޯކެއް.