ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާއަށް

ޔޫރަޕުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބެންޒެމާއަށް

ޔުއެފާއިން ހޮވާ މިދިޔަ ސީޒަނުގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމު ސްޕެނިޝް ލީގުގެ ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ ހޯދިއިރު، އަންހެން އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިނުގެ ފޯވާޑް އެލެކްސިއާ ޕުޓެޔާސް ހޯދައިފިއެވެ.

ޔުއޭފާއިން ހޮވާ އަހަރުގެ އެންމެ މޮޅު ކުޅުންތެރިންނާއި ކޯޗުން ހޮވާފައިމިވަނީ ތުރުކީގެ އިސްތަލްބޫލްގައި ބުރާސްފަތި ދުވަހުގެރޭ ބޭއްވި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ގުރުއަތުލުމުގެ ރަސްމިއްޔާތަށްފަހު އެހަފްލާގެ ތެރެއިންނެވެ. މިގޮތުން މިދިޔަ ސީޒަންގެ އެންމެ މޮޅު ފިރިހެން ކުޅުންތެރިޔާގެ މަގާމް ކަރިން ބެންޒީމާ ހާސިލް ކުރީ އޭނާ އާއި އެއްޓީމަކަށް ކުޅެމުންދާ ބެލްޖިއަމްގެ ކީޕަރ ޓީބައު ކޯޓުއާ އާއި މެންޗެސްޓަރ ސިޓީއަށް ކުޅޭ ބެލްޖިއަމްގެ ކެވިން ޑި ބްރުއިނަރ އާއި ވާދަކޮށް ކުރި ހޯދައިގެންނެވެ.

ބެންޒީމާއަށް އަށް ވަނީ 523 ޕޮއިންޓް ލިބިފައެވެ. ދެވަނައަށް ދިޔަ ޑި ބްރުއިނަރއަށް ލިބިފައިވަނީ 122 ޕޮއިންޓެވެ. އަދި ކޯޓުއަރއަށް ލިބުނީ 118 ޕޮއިންޓެވެ. ބެންޒީމާވަނީ މިދިޔަ ސީޒަންގައި ޗެމްޕިއަންސް ލީގުގެ ތަށި ރެއާލް އަށް ކާމިޔާބުކޮށް ދިނުމުގަ އާއި ލަލީގާގެ ތަށި ހޯދުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. މިގޮތުން ޗެމްޕިއަންސް ލިގުގައި އޭނާ ވަނީ 15 ލަނޑު މިދިޔަ ސީޒަންގައި ކާމިޔާބުކޮށްފައެވެ. އަދި ލަލީގާގައި އޭނާވަނީ 27 ލަނޑު ޖަހާދީފައެވެ. މީގެއިތުރުން މިދިޔަ ސީޒަންގައި ބެންޒީމަވަނީ ޔުއޭފާ ނޭޝަންސް ލީގު ފަރަންސޭސިވިލާތުން ކާމިޔާބު ކުރުމުގައިވެސް އެހީތެރިވެދީފައެވެ.

މި ހަފްލާގައި އަހަަރުގެ އެންމެ މޮޅު ކޯޗުގެ އިނާމް ހާސިލްކުރީ ރެއާލް މެޑްރިޑްގެ ކޯޗް ކާލޯ އެންޗެލޯޓީއެވެ. އޭނާ މިއިނާމް ހާސިލްކުރީ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ރެއާލްއިން ބަލިކުރި ލިވަޕޫލްގެ ކޯޗް ޔަރގަން ކްލޮޕާއި މެންޗެސްޓަރ ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާއާއި ވާދަކޮށެވެ. އެންޗެލޯޓީއަށް ވަނީ 526 ޕޮއިންޓް ލިބިގެން ގޮސްފައެވެ. އަދި ކްލޮޕްއަށް ލިބުނީ 210 ޕޮއިންޓެވެ. ޕެޕްއަށް ލިބިފައިވަނީ 108 ޕޮއިންޓެވެ. އެންޗެލޯޓީ ވަނީ މިދިޔަ ސީޒަންގައި ރެއާލް އާއި ހަވާލުވެ އެކްލަބަށް ލަލީގާގެ ތަށި ކާމިޔާބު ކޮށްދިނުމުގެ އިތުރުން ޗެމްޕިއަންސް ލީގުގެ ތަށި 14 ވަނަ ފަހަރަށް ކާމިޔާބުކޮށްދީފައެވެ. އަދި އެއާ އެކު އޭނާ ވެފައިވަނީ ޗެމްޕިއަންސް ލީގުގެ ތަށި ހަތަރު ފަހަރަށް ކާމިޔާބުކުރި ފުރަތަަމަ ކޯޗަށް ވެގެން ގޮސްފައެވެ.

މިހަފްލާގައި މީގެއިތުރުންވަނީ ޔުއޭފާ ޕްރެސިޑެންޓްގެ އިނާމް ކުރީގެ ތަޖްރިބާކާރު ކޯޗް އިޓަލީވިލާތުގެ އަރީގޯ ސާކީއަށް އަރުވާފައެވެ. އޭނާވަނީ އިޓަލީވިލާތުގެ އޭސީ މިލާނާއެކު ކަމިޔާބު ސީޒަންތަކެއް 1980 ގެ ފަހު ކޮޅާއި 1990ގެ އަހަރު ތަކުގައި ހޭދަކޮށްފައެވެ. ޔޫރަޕްގެ ޗެމްޕިއަންކަން ތިން ފަހަރެއްގެ މަތިން އޭނާ މިލާނަށް ހޯދާދީފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *