ތެޔޮ ޓޭންކަރެެއްގައި ހުރި ބޭރު ފަޅުވެރިއެއްގެ ޞިއްޙީ ހާލު ދެރަވެގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އެމްއެންޑީއެފް އިން ބުނީ، އައްޑޫ އަތޮޅާ ދިމާ ބޭރުން ދަތުރުކުރަމުންދިޔަ "އެމްޓީ މާސްކް ޓީސްޕޯޓް" ނަމަކަށް ކިޔާ ތެޔޮ ޓޭންކަރެއްގައި ހުރި އުމުރުން 54 އަހަރުގެ ފިލިޕީންސް ފަޅުވެރިއެއްގެ ޞިއްޙީ ހާލުދެރަވެގެން އުޅޭކަމުގެ މަޢުލޫމާތު، އެމްއެންޑީއެފް މެރިޓައިމް ރެސްކިޔު ކޯޑިނޭޝަން ސެންޓަރަށް ލިބުނީ މިއަދު 13:54 ހާއިރުކަމަށެވެ.
އަދި އެ ތެޔޮ ޓޭންކަރު، އައްޑު އަތޮޅުގެ ހުޅަނގުއުތުރުން 8 ވަރަކަށް މޭލު ކައިރިއަށް ދަތުރުކުރުމުން، އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ ހާބަރ ކްރާފްޓް ވަނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ތެޔޮ ޓޭންކަރު އޮތް ސަރަހައްދަށް ގޮސްފައިކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.
އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ފޯތު ސްކޮޑްރަންގެ އެހީތެރިކަމާއެކު ބަލި މީހާ ތެޔޮ ޓޭންކަރުން ބާލައި، އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލަށް މިއަދު ހަވީރު 16:54 ހާއިރު ވަނީ ގެންގޮސްދީފައިކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.
ކޮމެންޓު ފޮނުވާ