ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އެއްގަމު އުޅަނދަކުން ޖެހި ގެއްލުން ވެއްޖެ

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އެއްގަމު އުޅަނދަކުން ޖެހި ގެއްލުން ވެއްޖެ

Author
ހުސެއިން
24 އޮގަސްޓް 2022 06:29
0

ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އެއްގަމު އުޅަނދަކުން ޖެހި ބައެއް ހިސާބުތަކުން ކަރަންޓު ހިގައިދާނެކަމަށް ބުނެފިއެވެ.

ސްޓެލްކޯއިންކުރި ޓުވީޓެއްގައި ބުނެފައިވަނީ، އެކުންފުނީގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި ވެހިކަލަކުންޖެހި ގެއްލުންވުމާއި ގުޅިގެން މާފަންނު އިރަމާމަގާއި، މަޖީދީމަގު އަދި ކަނބާއައިސަރަނި ހިނގުން ހިމެނޭ ސަރަހައްދުގެ ބައެއްގެތަކުން ކަރަންޓު ކެނޑިފައިވުމަކީ އެކަށީގެންވާކަމެއް ކަމުގައެވެ.

އަދި މިމައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުނެފައި ވެއެވެ.

މީގެ ހަފްތާއެއް ކުރިންވެސް ސްޓެލްކޯގެ ޑިސްޓްރިބިއުޝަން ފޮއްޓެއްގައި އެއްގަމު އުޅަދަކުންޖެހި ގެއްލުން ވެފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.