އަމިތާބަށް 2 ވަނަ ފަރަށް ކޯވިޑް ޖެހިއްޖެ

އަމިތާބަށް 2 ވަނަ ފަރަށް ކޯވިޑް ޖެހިއްޖެ

Author
ފާތިމަތު ނާވީ
24 އޮގަސްޓް 2022 04:46
0

ބޮލީވުޑްގައި ބިގް ބީގެ ގޮތުގައި މަޝްހޫރު އަމިތާބް ބައްޗަންއަށް ދެވަނަ ފަހަރަށް ކޯވިޑް ޖެހިއްޖެއެވެ.

އަމިތާބް ވަނީ މިކަން ޓްވިޓާ މެދުވެރިކޮށް ހިއްސާ ކޮށްފައެވެ.

2020 ވަނަ އަހަރު މުޅި ދުނިޔޭގައި ވަކި ހިއްޕާލި ކޯވިޑްގެ ބަލިމަޑުކަމުގެ އެންމެ ހާލަތު ގޯސް ދުވަސްވަރުގައިވެސް އަމީތާބަށް ކޯވިޑް ޖެހުނެވެ.

މިހާރު އުމުރުން 79 އަހަރު ވެފައިވާ އަމިތާބް ޓްވިޓާގައި ބުނީ އޭނާ އަށް އަނެއްކާވެސް ކޯވިޑް ޖެހިފައިވާކަމަށާއި ކޮންޓެކްޓްވެފައިވާ މީހެއްނަމަ އަވަހަށް ބައްޔަށް ޓެސްޓްކުރަން އެދޭކަމަށެވެ.

އަމިތާބް އެންމެ ފުރަތަމަ ކޯވިޑްއަށް ޕޮޒިޓިވްވީއިރު މުޅި އެ އާއިލާވެސް ވަނީ ކޯވިޑްއަށް ޕޮޒިޓިވް ވެފައެވެ. އޭގެތެރޭގައި އަބީޝޭކާއި އައިޝްވާރިޔާ އަދި އެމީހުންގެ ހުރި ހަމަ އެކަނި ދަރިފުޅު އާރަދިޔާވެސް އޭރުގައި ބައްޔަށް ޕޮޒިޓިވް ވިއެވެ.

އަދި ކޯވިޑަށް ޕޮޒިޓިވް ވުމުން އަމީތާބަށް އެދުވަސްވަރުގައި ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެން ވަނީ ފަރުވާދީފައިއެވެ. ނަމަވެސް މިފަހަރު އެޑަމިޓް ކުރާވަރަށް ހާލަތު ގޯސްނުވާކަމަށް ޚަބަރު ލިބެއެވެ.

މިއަހަރު އަދި މިހާތަނަށް ރިލީޒް ވީ އަމިތާބްގެ ފިލްްމު ތަކަކީ އަޖޭ ދޭވްގަން އާއި އެކުގައި ފެނިގެންދިޔަ ފިލްމު "ރަންވޭ 34″ އާއި "ޖުންޑު" އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.