ދިވެހިރާއްޖޭގައި އޭލެވެލް ދަރިވަރުންނަށް އެޑެކްސަލް އިމްތިހާންގެ ބަދަލުގައި ކޭމްބްރިޖް އިމްތިހާން ދޭން ނިންމައިފިއެވެ.
އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައި ބުނީ އަންނަ އަހަރުގެ ދިރާސީ އަހަރު ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލްއަށް ކިޔަވައިދޭން ފަށާނެ ކަމަށެވެ. އަދި ޖެހިގެން އަންނަ އަހަރުގެ އޮކްޓޯބަރު/ނޮވެމްބަރުގައި ކެމްބްރިޖް އިންޓަނޭޝަނަލް އޭ-އެސް ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.
ގްރޭޑު 12ގެ ދަރިވަރުންނަށް ކެމްބްރިޖް ސިލަބަހަށް ކިޔަވައިދޭން ފަށާނީ 2024-2025 ވަނަ އަހަރުއެވެ. އެއަށްފަހު އޮކްޓޯބަރު، 2025ގައި ކޭމްބްރިޖް އިންޓަނޭޝަނަލް އޭ-ލެވެލް އިމްތިހާނު ބާއްވާނެ ކަމަށް ބުންޏެވެ.
މިނިސްޓްރީން ބުނީ އެ ބަދަލާ ގުޅިގެން މަތީ ސާނަވީ އަށް ކިޔަވަމުންދާ އަދި މި އަހަރު ގްރޭޑު 11 ގައި ކިޔަވަން ފަށާ ދަރިވަރުންގެ އިމްތިހާނުތަކަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށް ބުންޏެވެ. ނަމަވެސް މި ބޮޑު ބަދަލު ގެންނަން ނިންމި ސަބަބެއް މިނިސްޓްރީގެ ބަޔާނުގައި ނުބުނެއެވެ.
ނޫސްބަޔާން: އެޑެކްސެލް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިޙާނުގެ ބަދަލުގައި ކޭމްބްރިޖް އިންޓަރނޭޝަނަލް އޭ-އެސް އަދި އޭ-ލެވެލް އިމްތިޙާނު ދިނުމާ ގުޅޭ pic.twitter.com/GA9g6v8x9u
— Ministry of Education (@MoEdumv) August 24, 2022
އެޑެކްސަލް އާއި ކޭމްބްރިޖަކީ ވެސް އިނގިރޭސިވިލާތުގެ ދެޔުނިވަސިޓީއެވެ. އެޑެކްސަލް އާއި ކޭމްރިޖުން އޭލެވެލްގައި ދޭ އިމްތިހާނަކީ އަދި ދޫކުރާ ނަތީޖާއަކީ ވެސް ބައިނަލްއަޤުވާމީ ގޮތުން އެއްމިންގަނޑެއްގެ ގޮތުގައި ބަލާ އިމްތިހާނާއި ނަތީޖާއެވެ. ނަމަވެސް ތައުލީމީ ދާއިރާގެ ގިނަ ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި އެޑެކްސަލްގެ ސިލަބަސް ބޮޑަށް ފަރުމާ ކުރެވިފައި ވަނީ އިނގިރޭސިވިލާތައް ހާއްސަ ކޮށްގެންނެވެ. އޭގެ ބަދަލުގައި ކޭމްބްރިޖްގެ ސިލަބަސް ތައްޔާރު ކުރެވިފައި ވަނީ ބައިނަލްއަޤުވާމީ ދަރިވަރުންނަށް ހާއްސަ ކޮށްގެންނެވެ.
ކޮމެންޓު ފޮނުވާ