މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ގާސިމްގެ އިސްލާހެއް

މެމްބަރުންގެ އަދަދު 87 ގައި ހިފެހެއްޓުމަށް ގާސިމްގެ އިސްލާހެއް

Author
މުޙައްމަދު ޝަޒައިމް
23 އޮގަސްޓް 2022 08:28
0

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 87 އަށް ވުރެ އިތުރުވިޔަ ނުދީ، އެއީ ފައިނަލް އަދަދު ކަމަށް ގާނޫނުއަސާސީގައި ކަނޑައަޅަން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ރައްޔިތުންގެ މަޖިލިހަށް އިސްލާހެއް ފޮނުއްވައިފިއެވެ.

މްބަރު ޤާސިމް ހުށަހެޅުއްވި މި އިސްލާހުގައި ވަނީ، ޤާނޫނު ހަދާ މަޖިލީހަށް އިންތިޚާބު ކުރަން ޖެހޭ މެންބަރުންގެ އަދަދަކީ 87 ކަމުގައި ޤާނޫނު އަސާސީގައި ލިޔެފައި ބޭއްވުމަށެވެ. ޤާސިމް އިސްލާހު ހުށަހެޅުއްވީ ދިވެހިރާއްޖޭގެ ޖިނާއީ އިޖުރާއަތުގެ ޤާނޫނަށެވެ.

މި އިސްލާހު ހުށަހެޅުއްވި ސަބަބެއް ކަމަށް އެ މަނިކުފާނު ބަޔާންކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ހުއްޓުމެއް ނެތި އިތުރުވަމުންދާ ނަމަ އެއީ ރާއްޖެ ފަދަ ކުޑަކުޑަ ގައުމެއްގެ ޤާނޫނު ހަދާ މަޖިލީހަށް ބޭނުންވާ އަދަދަށް ވުރެ މާގިނަ އަދަދަކަށް ވުމެވެ. އަދި އެއީ އިޤްތިޞާދީ ގޮތުންނާއި އެ ނޫންވެސް ގޮތްގޮތުން ގޮންޖެހުން ކުރިމަތިވާނެ ކަމެއްކަމަށް ފެނިވަޑައިގަންނަވާތީކަމަށްވެސް ބަޔާންކޮށްފައި ވެއެވެ.

ޤާސިމް ވިދާޅުވެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ވަކި އަދަދަކަށް ކަނޑައަޅަން ގާނޫނު އަސާސީން ނިންމާފައި ބޭއްވުމަކީ މުހިންމު ކަމެއް ކަމަށެވެ. ޤާސިމް އިބްރާހިމް މިފަދަ އިސްލާހެއް ހުށަހަޅުއްވާފައި ވާއިރު، ކޮންމެ ފަސް އަހަރަކުން ރައްޔިތުންގެ މަޖިލީހަށް މެމްބަރުން އިތުރުވަމުން އަންނަކަން ފާހަގަކުރެވެއެވެ.

މިގޮތުން 17 ވަނަ މަޖިލީހުގައި 77 މެންބަރުން ތިބިއިރު، 18 ވަނަ މަޖިލީހުގައި އެ އަދަދު ވަނީ 85 މެންބަރުންނަށް އިތުރުވެފައެވެ. އަދި މިހާރު ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ވެސް ވަނީ އަދަދު އިތުރުވެފައެވެ. މި ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގައި އިންތިކާބުކޮށްފައި ވަނީ 87 މެންބަރުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.