ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ދިވެހިރާއްޖޭގެ ޖިނާއީ އިޖްރާއާތުގެ ޤާނޫނުގެ 22 ވަނަ މާއްދާގެ ދަށުން ޖިނާއީ ބޮޑު ކުށަކަށް ހެދުމަށް، ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް، ރައްޔިތުންގެ މަޖިލީހަށް އިސްލާހެއް ހުށަހަޅުއްވައިފިއެވެ.
މި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވަމުން ގާސިލް ވިދާޅުވެފައިވަނީ، މި އިސްލާހު ހުށަހެޅުއްވީ ލިވާތު ކުރުމާއި ސިޙާޤު ކުރުމަކީ ޖިނާއި އިޖުރާއަތުގެ ގާނޫނުން ބޮޑެތި ކުށްތަކުގެ ތެރޭގައި ހިމެނެންޖެހޭ ކުށްތަކެއްކަމަށް ގަބޫލު ކުރައްވާތީ ކަމުގައެވެ.
ގާސިމް ވިދާޅުވީ މިއީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައެޅުފައި ނުވާނަމަ، މިއީ އާދައިގެ ކުށްތަކުގައި ދެކި، ތަހުގީގީ މަރުހަލާ ނިމުމަށްފަހުވެސް މުޖުތަމަޢަށް ދޫވެ ދިއުމުން މި ކުށްތައް ތަކުރާރު ކުރުމުގެ ފުރުސަތު އެފަރާތްތަކަށް ފަހިވެފައި އޮންނާނޭ ކަމުގައެވެ.
މި އިސްލާހު ހުށަހަޅުއްވަމުން ގާސިމް ފާހަގަ ކުރައްވާފައިވާ ގޮތުގައި، މިފަދަ ނުބައި އަމަލުތައް ހިންގާ ފަރާތްތައް މުޖުމަޢުން އެކަހެރި ކުރެވެން ޖެހެއެވެ. އަދި އެމީހުން މުޖުތަމަޢުން އެކަހެރި ނުކުރެވިއްޖެނަމަ، އެމީހުންގެ ވަސްވާހުގައި ޖެހި، އޭގެ އަސަރުތައް އެމީހުންގެ އާއިލާތކަށާއި އަދި މުޅި މުޖަތަމައަށްވެސް ފޯރުމުގެ ފުރުސަތު އޮނާނޭކަމަށް ވެސް ގާސިމް ވިދާޅުވެފައި ވެއެވެ.
ލިވާތު ކުރުމާއި ސިޙާގު ކުރުމަކީ ގާނޫނީ ބޮޑެތި ކުށްތަކުގެ ގޮތުގައި ކަނޑައަޅަން މަޖިލީހަށް އިސްލާހު ހުށަހެޅުއްވި އިރު، ބަންގަލަދޭޝްގެ ރައްޔިތެއް ކަމުގައިވާ އެމްޑީ އަލަމްގިރި އާއެކު އެއްޖިންސުން ގުޅުންހިންގި ގިނަ ބައެއްގެ ވީޑިއޯތަކެއް ދަނީ ލީކު ވަމުންނެވެ. އޭގެ ތެރޭގައި ހިމެނޭ ގާނޫނީ ވަކީލު ނާޒިމް ސައްތާރު އާއި، ނޮޅިވަރަމް ދާއިރާގެ ކުރީގެ މަޖިލީސް މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއުގެ މައްސަލަ ތަހުގީގު ކުރުމަށްފަހު މިހާރުވަނީ މަސައްލަތައް ޝަރީއަތަށްވެސް ފޮނުވާފައެވެ.
އަދި އިތުރުން އެހެން މީހުންގެ މަސައްތައް މިހާރުވަނީ ތަހުގީގީ މަރުހަލާގައެވެ. މި މައްސަލަތަކުގައި ހިމެނޭ މީހުން މުޖަތަމަޢަށް ދޫވެފައި ތިބޭތީ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
ކޮމެންޓު ފޮނުވާ