ހުރިހާ ދޮރެއްވެސް ހުރީ ހުޅުވިފަ: ގާސިމް

ހުރިހާ ދޮރެއްވެސް ހުރީ ހުޅުވިފަ: ގާސިމް

Author
ހުސެއިން
22 އޮގަސްޓް 2022 07:31
0

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ކޮންމެ ސިޔާސީ ބޭފުޅަކާއެކީ މަސައްކަތް ކުރެއްވުމަށް، ހުރިހާ ދޮރެއްވެސް ހުރީ ހުޅުވިފައި ކަމުގައި، ޖުމުހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.

ހަތް އަހަރު އަމިއްލައަށް އަރުވާލެވިގެން ރާއްޖެއިންބޭރުގައި އުޅުއްވުމަށްފަހު ޖުމްހޫރީ ޕާޓީގެ ޑެޕިއުޓީ ލީޑަރު އަމީން އިބްރާހީމް އެނބުރި ރާއްޖެ ވަޑައިގަންނެވުމާއި ގުޅިގެން އޭނާއަށް މަރުހަބާ ދެންނެވުމަށް މިއަދު އެއަރޕޯޓަށް ވަޑައިގެން ހުންނަވާ މީޑިއާތަކާއި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ ރައީސް ސާލިހު ނޫން ބޭފުޅާކާއެކީ ކުރިޔަށް ވަޑައިގަންނަވާނޭ ކަމެއްވެސް އަދި ވަޑައި ނުގަންނަވާނޭ ކަމެއްވެސް އަދި ދަންނަވަން އެގިވަޑައި ނުގަންނަވާ ކަމަށެވެ. އަދި އެކަންނިންމާނީ އެޕާޓީގެ ކައުންސިލުން ކަމުގައިވެސް ގަސިމް ވިދާޅުވިއެވެ.

އެހެންނަމަވެސް، ހުރިހާ ދޮރެއްވެސް ހުރީ ހުޅުވިފައި ކަމަށާއި އެއްވެސް ދޮރެއް ބަންދުވެފައި ނެތްކަމުގައި ގާސިމް ވިދާޅުވިއެވެ.

އޮފްކޯޒް، ނޯ ޑޯރ އިޒް ކްލޯސްޑް، އެވްރީ ޑޯޒް އިޒް އޮޕެންޑް އިން ފުލީ.. ހުރިހާ ދޮރެއްވެސް ވަނީ ހުޅުވިފަ.

ރައީސް ސާލިހު ނޫން ބޭފުޅަކަށް ތާއީދު ކުރައްވަފާނެތޯ ނޫސްވެރިޔަކު ކުރެއްވި ސިވާލަކަށް ޖަވާބު ދެއްވަމުން ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ މިހާތަނަށް އެޕާޓީގެ ކައުންސިލުން ނިންމާފަ އޮތީ އެޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބަށް ކެނޑިޑޭޓަކު ނެރެން ކަމުގައެވެ. އެއީ ޕާޓީން އެކަނިތޯ ނުވަތަ ޕާޓީ ހިމެނޭ ކޯލިޝަނަކުންތޯ އަދި ނުނިންމާ ކަމުގައެވެ.

ޖުމްހޫރީ ޕާޓީއަކީ ރައީސް ސާލިހުގެ ސަރުކާރުގެއް އެންމެ މުހިންމު އެއްބައިވެރިޔާއެވެ. އަދި ގާސިމްގެ އެއް އަނބިކަބަލުންނަކީ ވެރިކަން ފެށުނީއްސުރެ ރައީސް ސާލިހުގެ ސަރުކާރުގެ ޓްރާންސްޕޯޓު މިނިސްޓަރެވެ.

ކުރިޔަށް އޮތް ރިޔާސީ އިންތިޚާބަަށް ކޮންމެ ޕާޓީއަކާއެކުވެސް މަސައްކަތް ކުރައްވަފާނޭކަމަށް ގާސިމް ވިދާޅުވިއިރު، މީގެ ކުރިން ރައީސް އިބުރާހިމް މުހައްމަދު ސާލިހު ވިދާޅުވެފައިވަނީ، އިންތިޚާބުގައި ވާދަކުރައްވާނީ މިހާރުވެސް އޮތް ކޯލިޝަންގެ ތާއީދާއެކީ ކަމަށެވެ. އެއަށްފަހު ރައީސް ސާލިހު ގާސިމް އިބުރާހީމާ ބައްދަލު ކުރައްވާފައިވި ނަމަވެސް، ކުރިޔަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސް ސާލިހަށް ތާއީދު ކުރައްވާނޭކަމަށް ގާސިމް ވިދާޅުވެފައެއް ނުވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.