ޖޭޕީގެ ތަރުޖަމާން އަލީ ސާލިހަށް ކަޓަރުން ހަމަލާދީ ޒަޚަމް ކޮށްލައިފި

ޖޭޕީގެ ތަރުޖަމާން އަލީ ސާލިހަށް ކަޓަރުން ހަމަލާދީ ޒަޚަމް ކޮށްލައިފި

Author
ހުސެއިން
22 އޮގަސްޓް 2022 02:33
0

ޖުމުހޫރީ ޕާޓީގެ އިސް ތަރުޖަމާން އަލީ ސާލިހަށް ކަޓަރުން ހަމަލާދީ ޒަޚަމް ކޮށްލައިފިއެވެ.

އަލީ ސާލިހަށް ހަމަލާ ދީފައިވަނީ އޭނާ ހުޅުމާލޭގައި ސައިކަލުގައި ދުއްވާފައި ދަނިކޮށް އޭނާ މަޑު ކުރުވުމަށްފަހު އެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާގެ ގައިގައި ކަޓަރު އަޅަން އުޅުނު މިހާ ކަޓަރުން ދިން ހަމަލާ އަމާޒުވެފައި ވަނީ އަލީ ސާލިހުގެ އަތަށެވެ. އަލީ ސާލިހު މީޑިއާތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި ކަޓަރުން އޭނާއަށް ހަމަލާ ދޭން މަސައްކަތް ކުރި މީހާ އެންމެ ފުރަތަމަ އޭނާއަށް ހަމަލާ އަމާޒު ކޮށްފައިވަނީ އޭނާގެ ކަރަށެވެ.

އެހެންނަމަވެސް ހަމަލާ ދޭން މަސައްކަތް ކުރުމާއެކު އޭނާ ދުވަމުން ދިޔަ ސައިކަލް ކުރިޔަށް ދުއްވާލުމާއެކު ކަޓަރު އެޅިފައިވަނީ އޭނާގެ އަތުގައެވެ. އަދި ގަމީހާއެއްކޮށް އަޮތްވަނީ ކަފައިގެން ގޮސްފައެވެ.

ކަޓަރު އެޅި މީހާ ފިލައިގެން ދިޔަ ނަމަވެސް، ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި އަލީ ސާލިހަށް ހަމަލާ ދިން މީހާ މިހާރުވަނީ ހައްޔަރު ކޮށްފައެވެ.

އަލީ ސާލިހުއަށް ކަޓަރުން ހަމަމާ ދީފައިވަނީ ކޮން ސަބަބަކާ ހެދިކަމެއް ސާފު ވެފައެއް ނުވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އަލި ސާލިހު ދަނީ ހުޅުމާލޭ ހޮސްޕިޓަލުގައި ފަރުވާ ހޯދަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.