އާސެނަލް މަޑުޖެހުމެއްނެތް، މޮޅަކަށްފަހު މޮޅެއް

އާސެނަލް މަޑުޖެހުމެއްނެތް، މޮޅަކަށްފަހު މޮޅެއް

Author
މުޙައްމަދު ޝަޒައިމް
21 އޮގަސްޓް 2022 08:34
0

ޕްރިމިއާ ލީގުގައި އޭއެފްސީ ބޯންމައުތުއާ ދެކޮޅަށް ކުޅުނު މެޗު 0-3 ގެ ނަތީޖާއަކުން އާސެނަލްއިން ކާމިޔާބު ކޮށްފިއެވެ.

އާސެނަލްގެ ފުރަތަމަ ދެ ލަނޑު ޖަހާ ކުރި ހޯދައިދިނީ އޮޑެގާޑެވެ. ދެވަނަ ލަނޑު ޖެހީ ޖިސޫސް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. އާސެނަލްގެ ތިންވަނަ ލަނޑު ދެވަނަ ހާފްގައި ޖެހީ ވިލިއަމް ސަލިބާއެވެ. މެޗުގައި ޖިސޫސްވެސް މޮޅު ލަނޑެއް ޖެހިއެވެ. އެކަމަކު ވީއޭއާރުން ބެލުމަށްފަހު ނިންމީ އޮފްސައިޑްކަމަށެވެ.

މިއީ ފާއިތުވި 18 އަހަރު ތެރޭ އާސެނަލުން ލީގުގެ ފުރަތަމަ ތިން މެޗުން މޮޅުވި ފުރަތަމަ ފަހަރެވެ. މިއީ 2004-2005 ވަނަ އަހަރުގެ ސީޒަނުގައި އާސެން ވެންގާގެ ކޯޗުކަމުގައި އާސެނަލުން ޖެހިޖެހިގެން ތިން މޮޅާ އެކު ލީގު ސީޒަން ފެށި ފަހުން އެ ފަދަ ރެކޯޑެއް ދެމެހެއްޓި ފުރަތަމަ ފަހަރެވެ. އެ ފަހަރު އާސެނަލް ލީގު ނިންމާލީ ދެ ވަނައިގައެވެ.

އާސެނަލް އެއް ވަނައިގައި އޮތީ ތިން މެޗުން ނުވަ ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ޓޮޓެންހަމަށް ވަނީ ތިން މެޗުން ހަތް ޕޮއިންޓް ލިބިފަ އެވެ. ލީގުގެ ތިން ވަނައިގައި އޮތް މެންޗެސްޓާ ސިޓީން މިރޭ ރަށުންބޭރުގައި ނިއުކާސަލް ޔުނައިޓެޑާ ކުޅޭނެއެވެ. ނިއުކާސަލް އަތުން ރަނގަޅު ސްކޯ އަކުން މޮޅުވެގެން ސިޓީ އަށް އަލުން އެއް ވަނަ އަށް އެރޭނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.