އުރުގުއޭ ބަލިކޮށް ބްރެޒިލްއިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

އުރުގުއޭ ބަލިކޮށް ބްރެޒިލްއިން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި

Author
އިބްރާހީމް ސާޢިދު
18 ނޮވެމްބަރ 2020 08:34
0

ދެކުނު އެމެރިކާ ސަރަހައްދުގެ ގައުމުތަކުގެ މެދުގައި ކުޅެމުން އަންނަ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ އުރުގުއޭ އާ ވާދަކުރި މެޗު ކާމިޔާބުކޮށް ބްރެޒިލުން މޮޅުވުމުގެ ރެކޯޑް ދަމަހައްޓައިފި އެވެ.

ރޭގެ މެޗުގައި ބްރެޒިލުން އުރުގުއޭގެ މައްޗަށް ކުރި ހޯދީ 0-2 އިންނެވެ. މެޗުގައި ބްރެޒިލުން ޖެހި ދެ ލަނޑުވެސް ކާމިޔާބުކޮށްފައިވަނީ ފުރަތަމަ ހާފުގަ އެވެ. ފުރަތަމަ ލަނޑު މެޗުގެ 34 ވަނަ މިނެޓްގައި އަރްތޫރް ކާމިޔާބު ކޮށްދީފައިވާއިރު، ދެވަނަ ލަނޑު ފުރަތަމަ ހާފުގެ ފަހު މިނެޓްގައި އެ ޓީމަށް ކާމިޔާބުކޮށްދިނީ ރިޗާލިސަން އެވެ.

ކޮލިފައިންގެ މުހިއްމު މެޗަކަށް ރޭ ބްރެޒިލް އާއި އުރުގުއޭ ނުކުތްއިރު ބްރެޒިލްގެ ނޭމާއަށް އަނިޔާގެ ސަބަބުން ނުކުޅެވުނުއިރު އުރުގުއޭގެ ލުއިސް ސުއަރޭޒް އަށް މެޗަށް ނުކުޅެވުނީ ކޯވިޑަށް ޕޮޒިޓިވް ވުމުންނެވެ.

އުރުގުއޭގައި ކުޅުނު ރޭގެ މެޗުގައި އެޑިންސަން ކަވާނީ އަށް ރަތްކާޑް ވެސް ދެއްކިއެވެ. 2022 ވަނަ އަހަރު ގަތަރުގައި އޮންނަ މުބާރާތަށް ކޮޅިފައިވުމަށް މިހާތަނަށް ބްރެޒިލުން ހަތަރު މެޗު ކުޅެފައިވާއިރު އެ ހަތަރު މެޗު ވެސް އެ ޓީމުން ވަނީ ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.