ޖުމްހޫރީ ޕާޓީގެ އިސް ބައެއް މެމްބަރުން މިރޭ ޕީޕީއެމްއަށް ސޮއި ކޮށްފިއެވެ. މީގެ ތެރޭގައި ޖުމުހޫރީ ޕާޓީގެ އިސް މެމްބަރެއްގެ ގޮތުގައި ހުންނެވި، ބިލެތްދޫ ދައިރާގެ ކުރީގެ މެމްބަރު އަހުމަދު މުބީންގެ އިތުރުން އެޕާޓީގެ ކެމްޕޭން އެންޑް އިލެކްޝަން ކޮމިޓީގެ ޗެއަރ އަބުދުލް ހަމީދުވެސް ހިމެނިވަޑައިގަންނަވައެވެ.
މިރޭ ޕީޕީއެމްއާއި އަނެއްކާވެސް ގުޅިވަޑައިގެންނެވި، ބިލެތްދޫ ދާއިރާގެ ކުރީގެ މެމްބަރު މުބީންއަކީ ރައީސް ޔާމިންގެ ވެރިކަމުގައިވެސް ޖުމުހޫރީ ޕާޓީގައި ހުންނަވާފަ ޕީޕީއެމްއަށް ސޮއި ކުރެއްވި ބޭފުޅެކެވެ. އެހެންނަމަވެސް ފާއިތުވި ރިޔާސީ އިންތިޚާބުގައި ޕޕީއެމް ބަލިވުމުން އޭނާ އަނެއްކާވެސް ވަނީ ޖޭޕީއަށް ބަދަލު ވެފައެވެ. އޭނާވަނީ ފާއިތުވި މަޖިލިސް އިންތިޚާބުގައި ބިލެތްދޫ ދާއިރާއަށް ވާދަކުރައްވާ ބަލިވެފައެވެ.
އޭނާ މަޖިލިސް އިންތިޚާބުގައި ވާދަ ކުރައްވާފައިވަނީ ޖޭޕީގެ ޓިކެޓްގައެވެ. ޕީޕީއެމްއާއި މިރޭ ގުޅުން ހަމީދަކީ ޕީޕީއެމްގެ ވެރިކަމުގައި ހެލްތު މިނިސްޓްރީގެ ސިޔާސީ މަގާމެއް އަދާކުރެއްވި ފަރާތެކެވެ.
ކޮމެންޓު ފޮނުވާ