އޯކިޑްމަގުގައި ހުންނަ މީޑިއާނެޓް އޮފީހަށް ބަޔަކު ވަދެ މާރާމާރީ ހިންގާ، ތަނުގައި މަސައްކަތް ކުރަންތިބި މުވައްޒަފުންނަށް އަނިޔާ ދީފިއެވެ.
ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި މީޑިއާނެޓް އޮފީހަށް ވަދެ މާރާމާރީ ހިންގާފައިވާކަމަށް ރިޕޯޓު ކޮށްފައިވަނީ މިއަދު އިރުއޮއްސުނުހާއިރު ކަމަށާއި، މި މާރާމާރީގައި އެކަކަށް އަނިޔާ ވެފައިވާ ކަމުގައެވެ.
އަދި އަނިޔާވި މީހާއަށް އޭޑީކޭ ހޮސްޕިޓަލުގައި ފަރުވާ ދެމުންދާކަމުގައިވެސް ފުލުހުން ވިދާޅުވެފައި ވެއެވެ. އެހެންނަމަވެސް ލިބުނު އަނިޔާގެ ތަފްސީލެއް އަދި، މާރާ ހިނގަން މެދުވެރިވީ ސަބަބެއްވެސް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.
މި މާމާރީގައި އަނިޔާވި މީހާ ސްޓްރެޗައަކަށް ލައިގެން އެމްބިއުލާންސަށް އަރުވާ މަންޒަރު އެކުލެވޭ ވީޑިއޯއެއް ސޯޝަލް މީޑިއާގައި ދަނީ ދައުރުވަމުންނެވެ.
ކޮމެންޓު ފޮނުވާ