އެއްވެސް "ގިރި"އަކަށް ނާރާ ހުރީ އަޅުގަނޑު، 2023ގެ ހަމައެކަނި "ޗޮއިސް"އަކީ އަޅުގަނޑު: ޖާބިރު

އެއްވެސް "ގިރި"އަކަށް ނާރާ ހުރީ އަޅުގަނޑު، 2023ގެ ހަމައެކަނި "ޗޮއިސް"އަކީ އަޅުގަނޑު: ޖާބިރު

Author
މުޙައްމަދު ޖިމީ
18 އޮގަސްޓް 2022 01:36
0

އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އިހްތިޔާރުކުރަން އޮތް ހަމައެކަނި ގޮތަކީ އެމަނިކުފާނު ރައީސްކަމަށް ހޮވުންކަމަށް ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރުޕީގެ ލީޑަރު ޢަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޖާބިރު ވަނީ މިއީ ބަނަ ދުވަހެއްކަމަށް ވިދާޅުވެފައެވެ. ސަބަބެއްކަމަށް ޖާބިރު ވިދާޅުވީ ރާއްޖޭޣައި ހުއްދަ ކުރަން ނުޖެހޭ ކަންކަން އެމްޑިޕީން ހުއްދަކުރަމުން ދިއުމެވެ.

ޖާބިރު ވަނީ 2023ގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކޮށްފައެވެ. އެކަމަށް އިޝާރާތްކުރައްވާ ޖާބިރު ވިދާޅުވީ 2023ގައި ރައްޔިތުންނަށް އޮތް ހަމައެކަނި "ޗޮއިސް"އަކީ އޭނާކަމަށެވެ. ޖާބިރު ވަނީ އޭނާ ރިޔާސީ އިންތިޚާބުގައި ރައްޔިތުން ހޮވަންޖެހޭ ސަބަބުވެސް ތަފްސީލް ކޮށްދެއްވާފައެވެ.

އަޅުގަނޑު ޗޮއިސް އަކަށް ވަނީ ކީއްވެ؟ އަޅުގަނޑު އެކަންޏޭ ހުރީ. ދެން ނެތޭ ލެވޭނެ މީހަކުވެސް. ތިޔަބުނާ އެމްއެމްޕީއާރްސީ ލިސްޓަކު ޖެހިފަކަ ނެތް އަޅުގަނޑެއް. ދިޔަވިދާޅުވާ ލިންގިރިއާއަކާއި، އަޅުގަނޑު އެއްވެސް ގިރިއަކަށް ފަރަކަށް އަރާފައެއް ނެތް އިއްޒަތްތެރި ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އެގޭނެ އެކަން.

– ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވަނީ އިދިކޮޅު ލީޑަރު ރައީސް ޔާމީން ހައްޔަރުކުރުމަށްވެސް ގޮވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އޭނާ ވިދާލުވީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު ރައީސް ޞާލިޙަށް އޮންނާނެކަމަށާއި، ނަމަވެސް ޔާމީނަށް ނޯންނާނެކަމަށެވެ.

ޖާބިރުގެ ރަނިންމޭޓަކަށް ފާތުމަތު ޝީރީން ވަނީ ކަނޑައަޅާފައެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރައްވާއިރު ރަނިން މޭޓެއްގެ ގޮތުގައި އިހްތިޔާރު ކުރާނީ އަންހެންބޭފުޅެއް ކަމަށް މީގެ ކުރިން ޖާބިރު ވަނީ ވިދާޅުވެފައެވެ. ރަނިންގމޭޓަކަށް ކަނޑައަޅުއްވާފައިވަނީ ރާއްޖޭގެ ސިޔާސީ މައިދާނުގައި މަސައްކަތްކުރައްވާ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި ކުރިން ރައްޔިތުންގެ މަޖިލީހުގެ ގއ އަތޮޅުގެ މެމްބަރުކަންވެސް ގިނަ ދުވަސްތަކެއްވަންދެން ކުރައްވާފައިވާ މ.ސެރީން ފާތުމަތު ޝީރީން ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ޖާބިރުގެ އިތުރުން ގިނަ ސިޔާސީ ޕާޓީތަކަކުން ކެނޑިޑޭޓުން ވާދަކުރާނެކަން އިއުލާންކޮށްފައިވެއެވެ. އޭގެ ތެރޭގައި އެމްޑީޕީން ނެރޭ ކެނޑިޑޭޓެއްގެ އިތުން އިދކޮޅު. ލީޑަރު ރައީސް ޔާމިނާއި، އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދާއި، ޖޭޕީގެ ލީޑަރު ޤާސިމް އިބްރާހީމާއި، އެމްއެންޕީގެ ރައީސް ކާނަލް މުޙައްމަދު ނާޒިމްއާއި، ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ހިމެނިވަޑައިގަންނަވައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.