ސްޓެލްކޯ އިންޖީނެއްގައި ރޯވެއްޖެ

ސްޓެލްކޯ އިންޖީނެއްގައި ރޯވެއްޖެ

Author
މުޙައްމަދު ޖިމީ
18 އޮގަސްޓް 2022 01:04
0

މާލޭގައި ކަރަންޓު ފޯރުކޮށްދެމުން އަންނަ ސްޓެލްކޯގެ އިންޖީނެއްގައި ރޯވެއްޖެ އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ..

އެމްއެންޑީއެފުން ބުނީ މިއަދު މެންދުރު ސްޓެލްކޯގެ އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް ހިނގިކަމުގެ ރިޕޯޓް ލިބުނީ 12:15 ގައިކަމަށެވެ. އަދި 12:26 ހާއިރު އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ.

ސްޓެލްކޯ އިންޖީނެއްގައި އަލިފާން  ރޯވީ އިންޖީނެއްގެ ޓާބޯގައެވެ. ނަމަވެސް ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައިއެ އަލިފާން ނިއްވާލާފައިވެއެވެ.  އެމްއެންޑީއެފް އިން ބުނީ މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާނުވާކަމަށެވެ.

ސްޓެލްކޯގެ އިންޖީނެއްގައި އަލިފާނުގެ ހާދިސާއެއް މިއަދު ހިނގާފައިވާއިރު، ފީޑަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން އިއްޔެ ވަނީ މުޅި މާލެއިން ކަރަންޓުވެސް ކަނޑައިގެން ގޮސްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.