އެސްޓީއޯއިން ތެލުގެ އަގުހެޔޮ ކޮށްފި

އެސްޓީއޯއިން ތެލުގެ އަގުހެޔޮ ކޮށްފި

ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ) އިން ވިއްކާ ތެޔޮ އަގު ހެޔޮކޮށްފިއެވެ.

އެސްޓީއޯއިން ބުނެފައި ވަނީ އެ ކުންފުނީގެ ސަބްސިޑިއާރީ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ޝެޑްތަކުން މިއަދުން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކާނީ 15.97ރ. ކަމަށެވެ. އަދި ޑީސަލް ލީޓަރެއް ވިއްކާނީ 16.32ރ. ކަމަށެވެ. ކުރިން ޕެޓްރޯލް ލީޓަރެއް ވިއްކީ 16.55ރ. އަށެވެ. ޑީސަލް ލީޓަރެއް 16.77ރ. އަށެވެ.

ފާއިތުވެދިޔަ 6 މަހުގެ ތެރޭގައި ދުނިޔޭގެ މާކެޓުގައި ތެލުގެ އަގުތައް އެތައް ފަހަރެއްގެ މަތިން އުފުލިފައިވާއިރު އެސްޓީއޯއިން ވިއްކާ ތެލުގެ އަގަށް 2 ފަހަރެއްގެ މަތީން ވަނީ ބަދަލު ގެނެސްފައެވެ. ތެޔޮ އަގު ހެޔޮ މިކުރީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށަށް ދާން ފެށުމުންނެވެ. މި އަހަރުގެ ދެވަނަ ކުއާޓަރުގެ ޕީކަށް ފަހު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުތައް ދަށްވަމުން ދިޔުމާ ގުޅިގެން ޖުލައި މަހު ރާއްޖެއަށް ތެޔޮ އެތެރެކުރަން ކުރި ހޭދަ ވަނީ ކުޑަވެފައެވެ.

މުޅި ދުނިޔެ ލޮކްޑައުންކޮށްލި ކޯވިޑް-19 އާއި މިހާރު ހިނގަމުންދާ ރަޝިއާ ޔޫކްރެއިން ހަނގުރާމައާއި ގުޅިގެން ދުނިޔޭގެ އިޤްތިސާދަށް އަންނަނީ ގިނަ ނޭދެވޭ އަސަރުތަކެއް ކުރަމުންނެވެ. މި ދަނޑިވަޅުގައި ދުނިޔޭގެ ތެލުގެ މާކެޓަށް ގިނަ ލޮޅުންތަކެއް އައިސް ފާއިތުވެދިޔަ 7 އަހަރުގެ ތެރޭގައި ތެލުގެ އަގު މަތިނުވާ މިންވަރަށް އަގު ވަނީ އުފުލިފައެވެ.

އެސްޓީއޯއިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް ލުއިފަސޭހަވާގޮތައް ކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަށް ހެޔޮ ބަދަލެއް ގެނައުމަށްކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *