ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް

ކޯވިޑަށް ޕޮޒިޓިވްވާ މީހުންގެ ޢަދަދު ދަށަށް

ރާއްޖޭގައި ކޯވިޑް-19އަށް ޕޮޒިޓިވްވާ މީހުން ޢަދަދުތައް ދަށަށް ދާން ފަށައިފިއެވެ.

އެޗްޕީއޭއިން އާންމުކުރި އެންމެފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުން ވޭތުވެދިޔަ ހަފްތާގައި ރާއްޖެއިން މި ބައްޔަށް ޕޮޒިޓިވްވެފައިވަނީ 98 މީހުންނެވެ. އޭގެ ތެރޭގައި ހިމެނެނީ މާލޭ ސަރަޙައްދުން ޕޮޒިޓިވްވި 18 މީހަކާއި، އަތޮޅުތަކުން ޕޮޒިޓިވްވި 40 މީހެއްގެ އިތުރުން އެހެނިހެން ސަރަޙައްދުތަކުން ޕޮޒިޓިވްވި 40 މީހަކު ހިމެނެއެވެ. މިއީ ވޭތުވެދިޔަ 2 މަހާ އަޅާބަލާއިރު ބޮޑުތަނުން ދަށް ޢަދަދެކެވެ. އެގޮތުން ޖޫން މަހު 1000އިން މަތީގައި ބަލި ޖެހުނު މީހުންގެ އަދަދު ހުރިއިރު ޖުލައި މަހުގެ ތެރޭގައި ހަފްތާއަކު ބަލިޖެހޭ މީހުންގެ އަދަދު ހުރީ 100އިން މަތީގައެވެ.

 

ކޯވިޑް ޖެހިގެން ހޮސްޕިޓަލްތަކުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭންޖެހޭ މީހުން ޢަދަދުތައްވެސް މިހާރު ވަނީ ދަށްވާން ފަށާފައެވެ. އެގޮތުން މިދިޔަ ހަފްތާގައި އެޑްމިޓްކޮށްފައިވަނީ 6 މީހުންނެވެ. މިހާތަނަށް ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވީ މީހުންގެ ޢަދަދުވަނީ 184689އަށް އަރާފައެވެ. އަދި ރާއްޖެއިން މިބަލީގައި މިހާތަނަށް 307 މީހަކު ނިޔާވެފައިވެއެވެ.

ރާއްޖޭޣައި ކޯވިޑްގެ ކޭސްތަށް ދަށަށް ދާން ފަށާފައިވީނަމަވެސް، މިދުވަސްވަރު ވައިރަލް ހުމާ ރޯގާ އަންނަނީ އިތުވަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *