ބުރިޖުގެ މަސައްކަތަށް ވިލިމާލެ ކަނޑުއޮޅު ބަންދު ކޮށްފި

ބުރިޖުގެ މަސައްކަތަށް ވިލިމާލެ ކަނޑުއޮޅު ބަންދު ކޮށްފި

Author
ހުސެއިން
15 އޮގަސްޓް 2022 06:37
0

އިންޑިއާގެ އެފްކޮންއަށް އެވާޑްކޮށްގެން މިހާރު އަޅަން ފަށާފައިވާ ވިލިމާލެ ބުރިޖްގެ މަސައްކަތަށް، ކަނޑުގައި ދުއްވާ ގިނަ އުޅަނދުތަކެއް ދަތުކުރާ ވިލިމާލެ ކަނޑި އޮޅި ބަންދު ކޮށްފިއެވެ. މި ކަނޑު އޮޅިން ދަތުރު ކުރުން މަނާ ކޮށްފައިވަނީ މިއަދުން ފެށިގެންނެވެ.

ޓްރާންޕޯޓު މިނިސްޓްރީން ކުރި އިއުލާނެއްގައި ވިދާޅުވެފައިވަނީ، ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތް މިހާރު ފެށިގެން ކުރިޔަށްދާތީ، ވިލިމާލެއާއި މާލެއާއި ގުޅިވައިދޭ ބްރިޖްގެ މަސައްކަތް މިހާރު ފެށުމަށް ތައްޔާރު ވެފައިވާ ކަމުގައެވެ.

ޓުރާންސްޕޯޓު މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަީ، މި ބުރިޖްގެ މަސައްކަތް ކުރިޔަށްދާ ވަގުތުތަކުގައި މި ކަނޑު އޮޅިން ދަތުރު ކުރުމަކީ ރައްކާތެރިކަމަށް ނުވާނެތީ، މި ކަނޑުއޮޅި 15 އޮގަސްޓްއިން ފެށިގެން ބަންދު ކޮށްފައިވާ ވާހަކަ އާންމުކޮށް އަންގާ އިއުލާން ކަމަށެވެ.

ޓްރާންސްޕޯޓު މިނިސްޓްރީން އާންމު ކޮށްފައިވާ ބަޔާނުގައި ވިދާޅުވެފައިވަނީ މި ކަނޑު އޮޅި ބަންދު ކުރެވިފައިވާތީ، ގާދޫކޮލު ހުރަސްކޮށް ދަތުރުކުރާ ކަނޑުގައި ދުއްވާ އުޅަނދުފަހަރަށް ދަތުރު ކުރުމަށް ލުއިފަސޭހަ ކުރުމުގެ ގޮތުން، ސިނަމާލެ ބުރިޖު ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު ހުޅުވާލެވިފައި ވާކަމުގައެވެ.

ތިލަމާލެ ބުރިޖްގެ ބިޔަ މަޝްރޫޢަށް އެފްކޮންސް ކުންފުންޏާއެކު އެއްބަސްވެފައި ވަނީ މާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށި ގުޅާލުމަށެވެ. މީގެތެރޭގައި ބްރިޖް އަދި ލިންކިން ރޯޑްތައް ހިމެނެއެވެ. ޕްލޭނިން މިނިސްޓްރީން ހާމަ ކޮށްފައިވާ ގޮތުގައި އެފްކޮންސް ކުންފުންޏާ ހަވާލުކޮށްފައިވަނީ އަންނަ އަހަރު ނިމޭއިރު، ގުޅީފަޅާއި ހަމައަށް އަޅަންޖެހޭ ބްރިޖް ކަނެކްޓިވީޓީގެ މަސައްކަތްތައް ނިންމަންޖެހޭ ގޮތަށްކަމަށެވެ. އަދި 2024 ވަނަ އަހަރުގެ މޭމަހަށް މުޅި ބްރިޖްގެ ހުރިހާ މަސައްކަތްތައް ނިންމާގޮތަށްކަމަށެވެ.

އިންޑިއާގެ އެފްކޮންސްއިން ހާމަ ކޮށްފައިވާ ގޮތުގައި، މި އޮގަސްޓުމަހު ބިންގާ އެޅިގެންދިޔަ ތިލަމާލެ ބުރިޖްގެ މާލެއާއި ކައިރީގައި އޮތް ވިލިގިލި ގުޅުވާލާ ސެގްމެޓް އަންނަ އަހަރުގެ ޖުލައި 23 އަށް ނިންމައި، މާލެ އާއި ވިލިމާލެއާ ދެމެދުގައި އާންމު ދަތުރުތައް ކުރަން އަންނަ އަހަރު އޮގަސްޓް 15 ގައި ފެށިގެން ދާނެއެވެ.

ތިލަމާލެ ބްރިޖަކީ 6.7 ކިލޯ މީޓަރުގެ ބްރިޖެކެވެ. މިއީ 500 މިލިއަން ޑޮލަރުގެ މަޝްރޫއެކެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ. މި މަޝްރޫޢު ކުރިއަށް ގެންދަނީ އިންޑިއާ ސަރުކާރުން ދޭ 100 މިލިއަން ޑޮލަރުގެ ގްރާންޓާއި 400 މިލިއަން ޑޮލަރުގެ ލައިން އޮފް ކްރެޑިޓްގެ ދަށުންނެވެ. އަދި ދަޢުލަތުން ޚަރަދުކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.