މަޖީދީ މަގުގައި ޕާކުކުރުން މަނާ!

މަޖީދީ މަގުގައި ޕާކުކުރުން މަނާ!

މަޖީދީ މަގުގެ އެއްވެސް ހިސާބެއްގައި ވެހިކަލް ޕާކުކުރުން ސަރުކާރުން މަނާކޮށްފިއެވެ.

މާލޭ ސިޓީ ކައުންސިލުން މިހާރު ވަނީ މަޖީދީމަގުގެ ދެ ފަރާތުގައި ވެސް ޕާކްކުރުން މަނާކަން އަންގައިދޭ ރޮނގު ދަމައިފަ އެވެ. އަދި އެ ތަންތަނުގައި ޕާކު ނުކުރެވޭނެކަން އެނގުމަށް "ނޯ ޕާކިން" ކޯން ވެސް ފުލުހުން މިހާރު ވަނީ ބަހައްޓައިފައެވެ.

މަޖީދީ މަގުގެ ބައެއް ހިސާބުތަކުގައި ކުރިން ޕާކު ކުރެވެއެވެ. އެކަމަކު ޕާކިން ޒޯންތައް ހުންނަ ހިސާބުތަކުގައި، އެ ތަނާ ކައިރީގައި އެ މަގުގައި ޕާކު ނުކުރެވެއެވެ.

މާލޭ ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައި ވަނީ ސަރުކާރުގެ ފަރާތުން މިނީ ބަހުގެ ހިދުމަތް ދިނުމަށް ހަމަޖައްސާފައިވާ ކުންފުނި އެމްޓީސީސީއިން އެދުނީ، ބަހުގެ ހިދުމަތް ފެށުމަށް މާލޭ ބޮޑު ހަތަރު މަގެއްގެ ޕާކިން ޒޯންތައް ނަގައި އެ މަގުތަކުގެ ދެ ފަރާތުގައި ޕާކް ނުކުރެވޭ ގޮތަށް ހަދައި ދިނުމަށް ކަމަށެވެ. އެ މަގުތަކަކީ، މަޖީދީ މަގު، ފަރީދީ މަގު، އޯކިޑް މަގު، އަދި އަމީނީ މަގެވެ.

އެގޮތުން ހަތަރު ތަނެއް މިހާރު ޕާކް ކުރަން ވަނީ ހަމަޖައްސާފައެވެ. އެއީ ހ. ސަމޯސާވިލާ ގޭގެ ބިމުން ތަންކޮޅަކާއި، އެކުވެނި ޓްރެކް ކައިރިން ދެ ތަނަކާއި، ދަރުބާރުގެ ކައިރީގައާއި ރަސްފަންނު ކައިރީގައި އޮންނަ ކޮރަލް ބޮލެވާޑު ކައިރިން ތަންކޮޅެކެވެ.

ސަރުކާރުން ފުރަތަމަ މަސައްކަތް ކުރީ ޖުލައި 31ގެ ކުރިން މާލޭގައި މިނީ ބަހުގެ ހިދުމަތް ފަށާށެވެ. ނަމަވެސް އެ ދަތުރުތައް ފެށޭނީ ތިން ހަފުތާގެ ތެރޭގައި ކަމަށް، މިދިޔަ މަހުގެ 28 ގައި ސަރުކާރުގެ އޮފިޝަލަކު ވިދާޅުވެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *