އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އާސެނަލް ކުޅުނު މެޗު ފަސޭހަ ކަމާއިއެކު ކާމިޔާބު ކޮށްފިއެވެ.
އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި ރޭ އެ ޓީމު މޮޅުކޮށްދިނުމުގައި ތަރި އަކީ ސިޓީ ދޫކޮށް އެ ޓީމަށް ބަދަލުވި ގަބްރިއެލް ޖީސޫސްއެވެ. އޭނާ ވަނީ ދެ ގޯލު ޖެހުމުގެ އިތުރުން އާސެނަލްގެ އަނެއް ދެ ގޯލު ޖަހަން ފުރުސަތު ވެސް ތަނަވަސްކޮށްދީފައެވެ. އާސެނަލްގެ އަނެއް ދެ ގޯލު ޖެހީ ސްވިޒަލެންޑްގެ މިޑްފީލްޑަރު ގްރޭނިޓް ޝަކާ އާއި ގަބްރިއެލް މާޓިނޭލީއެވެ.
ލެސްޓާގެ ފުރަތަމަ ގޯލަކީ އާސެނަލްގެ ޑިފެންޑަރު ވިލިއަމް ސަލީބާ އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަނެއް ގޯލު ޖެހީ ޖޭމްސް މެޑިސަންއެވެ.
މިނަތީޖާއާއިއެކު އާސެނަލް އެންމެ ކުރީގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ. މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް ބަލިވި ހަމައެކަނި ޓީމަކީ ޔުނައިޓެޑެއެވެ.
ކޮމެންޓު ފޮނުވާ