އެއްޖިންސުން ގުޅުން ހިންގުމަކީ އެހެންމީހަކަށް އެކަމުގެ ސަބަބުން ގެއްލުންހުރި ކަމެއް ނޫންކަމަށް އެމްޑީޕީގެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެއެވެ.
އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން ދޫކޮށްލިނަމަވެސް، ޔޯގާ ހަމަނުޖެހުމާއި ގުޅިގެން ހައްޔަރުކުރި މީހުން އަދިވެސް ދޫކޮށްލާފައިނިވާތީ މީހާކު އެކަމުގެ ކަންބޮޑުވުން ފާޅުކޮށް ކުރި ޓްވީޓަކާއި ގުޅިގެން އިބުރާ ވިދާޅުވީ، ޒިނޭއާއި ލިވާތު ކުރުމަކީ ކުށެއްކަމަށެވެ. އެ ކުށަކީ ދެމީހަކު ނުވަތަ އެއަށްވުރެ ގިނަ މީހުންގެ ރުހުމުގައި އެކަހެރިވެގެން ތިބެ ކުރިކަމެއްކަމަށް އިބުރާ ވިދާޅުވިއެވެ.
އެކަމުން އެހެން މީހެއްގެ ފުރާނައަށް ޖިސްމަށް މުދަލަށް ނުރައްކަލެއް ނެތްކަމަށާއި، އެހެން މީހެއްގެ މިނިވަންކަމަށް ހުރަހެއް ނެތްކަމަށްވެސް އިބުރާ ވިދާޅުވިއެވެ.
Ziney aa Livaath kurumakee kusheh. Ekushakee dhemeehaku, nuvatha eah vure ginameehun ruhumugai, ekaheri vegen thibe kuri kameh. Ekamun ehen meehegge furaana ah, jismah, mudhalah nurakkaleh neiy. Ehen meehegge minivan kamah huraheh neylhey.
Ekamah thuhumathu kuruvey meehunge…. https://t.co/x7PBgA36Bc
— Maverick Ibra (@ibramandhu) August 12, 2022
އެކަމަށް ތުހުމަތުކުރެވޭ ތަހުގީގް ނިމުނީމާއި ޝަރީއަތުން ހުކުމެއް ނެތްހާ ހިނދަކު ބަންދުކޮށްފައި ނުބެހެއްޓޭނެކަމަށާއި، އެއާއި ޚިލާފަށް ޔޯގާ މައްސަލައަކީ އެހެން ބައެއްގެ މިނިވަންކަމަށް ހުރަސްއަޅައި ޖިސްމަށް އަނިޔާ ދޭނެކަަމުގެ އަމަލުތަކެއް ހިމެނޭގޮތުން އާންމު ތަނެއްގައި ހިންގާފައިވާ ޓެރަރިޒަމްގެ އަމަލެއްކަމަށް އިބުރާ ވިދާޅުވިއެވެ.
Kushuge veshin hayyaru kuri meehun ebathibi. Ehen kamah vangnaa, emeehun dhookoffai beythibbumakee ehen meehunah oiy nurakkaleh.
Mi dhe kanthah qaanoinah fennanee eggothakah noon.
— Maverick Ibra (@ibramandhu) August 12, 2022
އިބުރާ މިހެން ވިދާޅުވެފައިވާއިރު، އެއްޖިންސުން ގުޅުން ހިންގިކަމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުން މިނިވަންކޮށް، އަދި ޔޯގާ މައްސަލާގައި ހައްޔަރުކޮށްފައި ތިބި މީހުން ދޫކޮށްލާފައި ނުވާތީ ޢިލްމުވެރިންނާއި ބައެއް އާންމުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.
ބަންގްލާދޭޝްގެ ރައްޔިތެއްކަމުގައިވާ އެމްޑީ އަލަމްގިރިއާއެކު ހައްޔަރު ކޮށްފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ އަހްމަދު ނާޒިމް އަބްދުއްސައްތާރާއި ރައްޔިތުންގެ މަޖިލީހުގެ ނޮޅިވަރަމް ދާއިރާގެ ކުރީގެ މެންބަރު މުހައްމަދު ނަޝީދު (ކާނަލް)ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓްގައި މަސައްކަތް ކުރި އަބްދުއްރަހްމާން ރަފީއު ވަނީ ބަންދުން ދޫކޮށްލާފައެވެ.
ރައްޔިތުންގެ މަޖިލިހުގެ ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރާއި، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު މުހައްމަދު ނަޝީދުގެ އިތުރުން މިމައްސަލާގައި ހައްޔަރު ކޮށްފައިވާ ފުލުހުންގެ މީހާ އަބްދުއްރަހުމާން ރަފީގުއަކީ، ލީކުވަމުންދާ ވީޑިއޯތަކުގެ މައްސަލާގައި އެންމެ ފުރަތަމަ ހައްޔަރު ކުރި ތިން މީހުންނެވެ. މި ތިން މީހުންގެ ބަންދުވެސް ވަނީ ދެފަހަރެއްގެ މަތިން އިތުރު ކޮށްފައެވެ.
ފާއިތުވެދިޔަ ދެ މަހެއްހާ ދުވަހުގެ ތޭރޭގައި ލީކުވަމުންދާ އަލަމްގިރި އެއްޖިންސުން ގުޅުން ހިންގާފައިވާ ވީޑިއޯތަކުންވަނީ ގިނަ ދިވެހިންނެއް ފެނިގެން ގޮސްފައެވެ.
އަދި ފާއިތިވެދިޔަ ހަފްތާތަކުގެ ތެރޭގައި ދައުލަތުގެ މުވައްސަސާތަކާއި އޮފީސްތަކާއި ކުންފުނިތަކުގައި މަސައްކަތް ކުރަމުންދާ ގިނަބަޔަކު ވަނީ ލީކުވަމުންދާ ވީޑިއޯތަކާއި ގުޅިގެން ސަސްޕެންޑް ކޮށްފައެވެ. އޭގެތެރޭގައި ކަސްޓަމްސްގެ ދެ މީހަކާއި، ހޯމް މިނިސްޓްރީގައި މަސައްކަތް ކުރާ ސިވިލް ސާވަންޓަކާއި ރައްޔިތުން މަޖިލީހުގެ އިދާރާގެ އިދާރީ މުވައްޒަފަކު ވެސް ހިމެނެއެވެ. އިއްޔެ ވަނީ މުދިމަކު ވެސް ސަސްޕެންޑް ކޮށްފައެވެ.
އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި، ފުލުހުން އެންމެ ފުރަތަމަ ހައްޔަރު ކޮށްފައިވާ މީހުންގެ ތެރޭގައި މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ ކޮއްކޮ ނާޒިމް ސައްތާރުއާއި، ރައްޔިތުންގެ މަޖިލިހުގެ ކުރީގެ މެމްބަރު ކާނަލް ނަޝީދުއެވެ. އެއް ޖިންސުން ގުޅުން ހިންގުމުގެ ތުހުމަތުގައި ހައްޔަރުކުރި މީހުންގެ ތެރޭގައި ނޫސްވެރިޔާ ނަސީރުވެސް ހިމެނެއެވެ.
ބަންގލަދޭޝްގެ ރައްޔިތެއްކަމުގައިވާ އަލަމްގިރިއާއެކު އެއްޖިންސުން ގުޅުން ހިންގި މީހުންގެ އަދަދު 200 އިން މަތީގައި އުޅޭކަމަށް މަޢުލޫމާތު ފެތުރިފައިވި ނަމަވެސް ފުލުހުން ވިދާޅުވެފައިވަނީ، އެ މުވައްސަސާއިން ތަހުގީގު ކުރަމުންދަނީ އަލަމްގިރިއާއެކީ ގުޅުން ހިންގާފައިވާ 38 މީހެއްގެ މައްސަލަ ކަމުގައެވެ.
އެއް ޖިންސުން ގުޅުން ހިންގަނިކޮށް އަލަމްގިރި ރެކޯޑް ކޮށްފައިވާ ވޯޑިއޯތަކުގެ ބޭނުން ކޮށްގެން ގިނަބަޔަލު ބްލެކްމެއިލް ކުރަމުންދާ ކަމުގައިވެސް ފުލުހުން ވަނީ ބުނެފައެވެ.
ކޮމެންޓު ފޮނުވާ