ހަމަލާއަށްފަހު ސަލްމާން ރުޝްދީ ވެންޓިލޭޓަރުގައި، އެއް ލޮލުގެ ފެނުން ގެއްލޭނެ!

ހަމަލާއަށްފަހު ސަލްމާން ރުޝްދީ ވެންޓިލޭޓަރުގައި، އެއް ލޮލުގެ ފެނުން ގެއްލޭނެ!

Author
ހުސެއިން
13 އޮގަސްޓް 2022 07:33
0

އިސްލާމް ދީނާއި ދެކޮޅު ފޮތެއް ލިޔެގެން، އީރާނުން އޭނާއާއި މެދރުމަށް ތަފުވާ ނެރެފައިވާ، ލިޔުންތެރިޔާ ސަލްމާން ރުޝްދިއަށް އަމާޒުކޮށް ދިން ވަޅީގެ ހަމަމާގައި އޭނާ ޒަޚަމްވެސް، މިހާރު އޮތީ ވެންޓިލޭޓަރުގެ އެހީގައި ކަމުގައި އޭނާ ފޮތްތައް ޝާއިއުކުރާ އޭޖެންޓް އެންޑްރޫ ވައިލީ ވިދާޅުވެއްޖެއެވެ.

ފުލުހުންވަނީ ވިދާޅުވެފައިވަނީ ރުޝްދީގެ ކަރަށް މަދުވެގެން އެއް ފަހަރު، އަދި ބަނޑަށް މަދުވެގެން އެއްފަހަރު ވަޅު ހަރާފައިވާ ކަމުގައެވެ. އުމުރުން 75 އަހަރުގެ ސަލްމާން ރުޝްދީގެ ގައިގެ އެތައް ތަނަކަށް ވަޅި ހެރުމާއެކު، ހެލިކޮޕްޓަރެއްގައި އޭނާ ގެންދެވިފައިވަނީ ކަރީގެ ހުރި ހޮސްޕިޓަލަކަށެވެ.

"ދޭން އޮތީ ރަގަޅު ޚަބަރެެއް ނޫން،" ރޮއިޓާސް ނިއުސް އޭޖެންސީއަށް ފޮނުވި އީމެއިލެއްގައި ރުޝްދީގެ ފޮތުގެ އޭޖެންޓް ލިޔެފައިވެއެވެ. "ސަލްމާން އެއް ލޯ ގެއްލޭނެކަމަށް ބެލެވެނީ، އަތުގެ ނާރުތައް ހުރީ ބުރިވެފަ، މޭގަޑަށް ވަޅި ހެރުމުގެ ސަބަބުން ވަނީ ގެއްލުން ވެފަ."

ފުލުހުން ވިދާޅުވެފައިވަނީ ސަލްމާން ރުޝްދީއަށް ހަމަލާ ދީފައިވަނީ އުމުރުން 24 އަހަރުގެ އެމެރިކާގެ ނިއު ޖާޒީއަށް ނިސްބަތްވާ ހާދީ މަޓަރ ނަމަކަށް ކިޔާ މީހެކެވެ. ފުލުހުން ހާމަ ކޮށްފައިވާ ގޮތުގައި މިއީ އަދި ތަހުގީގުގެ ވަރަށް ކުރީކޮޅު ކަމަށް ވާތީ، ހަމަލާދިން މީހާގެ މަގުސަދެއް އަދި ހޯދިފައެއް ނުވެއެވެ. އަދި ވިދާޅުވެފައިވަނީ ގަބޫލު ކުރެވޭ ގޮތުގައި އޭނާ ހަމަލާ ދީފައިވައިނީ އޭނާ އަމިއްލަ ވިސްމުމަށް ކަމަށެވެ.

ދިގު މުއްދަތެއް ވަންދެން މަރުގެ އިންޒާރު ދީފައިވާ، އިސްލާމް ދީނާ ދެކޮޅު ފޮތެއް ލިޔުނު، މަޝްހޫރު ލިޔުންތެރިޔާ ސަލްމާން ރުޝްދީ އެމެރިކާގެ ނިއުޔޯކުގައި އޮތް ރަސްމިއްޔާތެއްގައި، ސްޓޭމަތީގައި ތަގުރީރު ކުރަމުން ދަނިކޮށް އޭނާއަށް ހަމަލާ ދީފިއެވެ.

1980ގެ އަހަރުތަކުގައި، ކީރިތި ރަސޫލާގެ ޝަޚުސިއްޔަތު ކިލަނބުވާ ގޮތަށް ފޮތެއް ލިޔެ ޝާއިއު ކުރުމާއި ގުޅިގެން އޭނާ މެރުމަށް އިރާންއިން ފަތުވާ ނެރެފައިވާ، ސަލްމާން ރުޝްދީއަށް ހަމަލާ ދީފައިވަނީ، އޭނާ އެމެރިކާގެ ވެސްޓަރން ނިއުޔޯކުގައި އޮތް އިވެންޓެއްގައި ތަގުރީރު ކުރުމަށް ތައްޔާރު ވަމުން ދަނިކޮށެވެ.

އެސޯޝިއޭޓް ޕްރެސްގެ ރިޕޯޓަރަކު ބުނެފައިވާ ގޮތުގައި، ވެސްޓަރން ނިއުޔޯކުގައި ހުންނަ ޗުއާޓައުކުއާ އިންސްޓިޓިއުޝަންގައި ސަލްމާން ރުޝްދީ ސްޓޭޖުގައި ތަގުރީރު ކުރުމަށް ތައްޔާރު ވަމުން ދަނިކޮށް، އޯޑިއަންސްއިން މިހަކު ދުވެފައި ސްޓޭޖަށް އަރާ ސަމްލާމް ރުޝްދީގެ ގައިގައި ތަޅާ އަދި އޭނާއަށް ވަނީ ވަޅިން ހަމަލާ ދިންތައް އޭނާއަށް ވަނީ ފެނިފައެވެ.

ހަމަލާ ދިނުމާއެކު ސަލްމާން ރުޝްދީވަނީ ބިންމައްޗަށް ވެއްޓިފައެވެ. އަދި ސްޓޭޖަށް އެއްވި މީހުން ވަނީ ހަމަލާދިން މީހާ ހިފަހައްޓާފައެވެ.

ސަލްމާން ރުޝްދީ ލިޔެފައިވާ "ސެނެޓިކް ވާރސެސް" އަކީ 1988 ވަނަ އަހަރުން ފެށިގެން އިރާނުގައި މަނާކޮށްފައިވާ ފޮތެކެވެ. އަދި އިސްލާމީ ގިނަ ގައުމުތަކުގައިވެސް މި ފޮތަކީ ގެންގުޅުން މަނާ ކުރެވިފައިވާ ފޮތެކެވެ. ގިނަ މުސްލިމުން ދެކޭ ގޮތުގައި އޭނާގެ މިފޮތަކީ އިސްލާމް ދީނަށް ފާޑުކިޔާ، ގޮންޖަހާ ލިޔެފައިވާ ފޮތެކެވެ.

ސަލްމާން ރުޝްދީ މެރުމަށް ފަތުވާ ނެރުމަށްފަހު އިރާނުންވަނީ އޭނާ މެރި ކޮންމެ މީހަކަށް 3 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއްވެސް ހުށަހަޅާފައެވެ.

އިރާނުގެ ފަހުގެ ސަރުކާރުތަކުންވަނީ، އޭރުގެ އެގައުމުގެ ރޫހާނީ ލީޑަރު ޚޯމެއިނީ ނެރުއްވި ފަތުވާއާއި ދުރަށްދާން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް 2012ވަނަ އަހަރު އިރާނުގެ ސަރުކާރުގެ ތާއީދު އޮންނަ އިރާނުގެ ދީނީ ފައުންޑޭޝަންއަކުންވަނީ އޭނާގެ ބޯ ކަނޑާލި މީހަކަށް ދޭން ހުށަހަޅާފައިވާ 2.8 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު 3.3 މިލިއަން ޑޮލަރަށް ބޮޑު ކޮށްފައެވެ.

މި ފަތުވާ ނެރުމާއެކު ސަލްމާން ރުޝްދީވަނީ މިފަތުވާއާއި ދެކޮޅުހަދާ، އިރާނުން އިއުލާންކުރި ފައިސާ ބޭނުންވާ މީހަކު ނެތްކަމުގައި ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

H Haseena
Raajjeyga ves Siyaasee emme mathee harufathuga Salman Rushdy kahala meehaku eba ulhay kamah varah gina Dhivehin thuhumathu kuray.
ފ ފަހުލަވާނު
މިޅާ އަށް ހައްގު. ދީނައް ފުރައްސާރަ ކުރާ ބަޅެއް. މާތް ﷲ މިޅާ އަށް ދުނިޔެމަތީގަވެސް ބިރުވެރިކަން. މި އިންސާނާގެ ނިކަމެތިކަން ވިސްނާލާ. އެކަމަކުވެސް ﷲ އާއި ރަސޫލާ އަށް ހަޖޫޖެހުން އިންތިހާ.