ތަގުރީރެއް ދެމުން ދަނިކޮށް، އިސްލާމް ދީނާ ދެކޮޅު ފޮތެއް ލިޔުނު ސަލްމާން ރުޝްދީއަށް ހަމަލާ ދީފި

ތަގުރީރެއް ދެމުން ދަނިކޮށް، އިސްލާމް ދީނާ ދެކޮޅު ފޮތެއް ލިޔުނު ސަލްމާން ރުޝްދީއަށް ހަމަލާ ދީފި

Author
ހުސެއިން
12 އޮގަސްޓް 2022 08:47
0

ދިގު މުއްދަތެއް ވަންދެން މަރުގެ އިންޒާރު ދީފައިވާ، އިސްލާމް ދީނާ ދެކޮޅު ފޮތެއް ލިޔުނު، މަޝްހޫރު ލިޔުންތެރިޔާ ސަލްމާން ރުޝްދީ އެމެރިކާގެ ނިއުޔޯކުގައި އޮތް ރަސްމިއްޔާތެއްގައި، ސްޓޭމަތީގައި ތަގުރީރު ކުރަމުން ދަނިކޮށް އޭނާއަށް ހަމަލާ ދީފިއެވެ.

1980ގެ އަހަރުތަކުގައި، ކީރިތި ރަސޫލާގެ ޝަޚުސިއްޔަތު ކިލަނބުވާ ގޮތަށް ފޮތެއް ލިޔެ ޝާއިއު ކުރުމާއި ގުޅިގެން އޭނާ މެރުމަށް އިރާންއިން ފަތުވާ ނެރެފައިވާ، ސަލްމާން ރުޝްދީއަށް ހަމަލާ ދީފައިވަނީ، އޭނާ އެމެރިކާގެ ވެސްޓަރން ނިއުޔޯކުގައި އޮތް އިވެންޓެއްގައި ތަގުރީރު ކުރުމަށް ތައްޔާރު ވަމުން ދަނިކޮށެވެ.

އެސޯޝިއޭޓް ޕްރެސްގެ ރިޕޯޓަރަކު ބުނެފައިވާ ގޮތުގައި، ވެސްޓަރން ނިއުޔޯކުގައި ހުންނަ ޗުއާޓައުކުއާ އިންސްޓިޓިއުޝަންގައި ސަލްމާން ރުޝްދީ ސްޓޭޖުގައި ތަގުރީރު ކުރުމަށް ތައްޔާރު ވަމުން ދަނިކޮށް، އޯޑިއަންސްއިން މިހަކު ދުވެފައި ސްޓޭޖަށް އަރާ ސަމްލާމް ރުޝްދީގެ ގައިގައި ތަޅާ އަދި އޭނާއަށް ވަނީ ވަޅިން ހަމަލާ ދިންތައް އޭނާއަށް ވަނީ ފެނިފައެވެ.

ހަމަލާ ދިނުމާއެކު ސަލްމާން ރުޝްދީވަނީ ބިންމައްޗަށް ވެއްޓިފައެވެ. އަދި ސްޓޭޖަށް އެއްވި މީހުން ވަނީ ހަމަލާދިން މީހާ ހިފަހައްޓާފައެވެ.

މިހަމަލާއަށްފަހު، ސިއްޙީ ކުއްލި ފަރުވާދޭ ފަރާތްތަކުން ސަލްމާން ރުޝްދީ ވެއްޓިފައި އޮތް ސްޓޭޖްމަތީގައި އޭނާއަށް ފަރުވާ ދީފައިވާއިރު، އޭނާގެ ހާލަތެއް އަދި އެގިފައެއް ނުވެއެވެ.

ސަލްމާން ރުޝްދީ ލިޔެފައިވާ "ސެނެޓިކް ވާރސެސް" އަކީ 1988 ވަނަ އަހަރުން ފެށިގެން އިރާނުގައި މަނާކޮށްފައިވާ ފޮތެކެވެ. އަދި އިސްލާމީ ގިނަ ގައުމުތަކުގައިވެސް މި ފޮތަކީ ގެންގުޅުން މަނާ ކުރެވިފައިވާ ފޮތެކެވެ. ގިނަ މުސްލިމުން ދެކޭ ގޮތުގައި އޭނާގެ މިފޮތަކީ އިސްލާމް ދީނަށް ފާޑުކިޔާ، ގޮންޖަހާ ލިޔެފައިވާ ފޮތެކެވެ.

ސަލްމާން ރުޝްދީ: އިރާނުން ވަނީ އޭނާ މެރުމަށް ފަތުވާ ނެރެފައި

ސަލްމާން ރުޝްދީ މެރުމަށް ފަތުވާ ނެރުމަށްފަހު އިރާނުންވަނީ އޭނާ މެރި ކޮންމެ މީހަކަށް 3 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމެއްވެސް ހުށަހަޅާފައެވެ.

އިރާނުގެ ފަހުގެ ސަރުކާރުތަކުންވަނީ، އޭރުގެ އެގައުމުގެ ރޫހާނީ ލީޑަރު ޚޯމެއިނީ ނެރުއްވި ފަތުވާއާއި ދުރަށްދާން މަސައްކަތް ކޮށްފައެވެ. އެހެންނަމަވެސް 2012ވަނަ އަހަރު އިރާނުގެ ސަރުކާރުގެ ތާއީދު އޮންނަ އިރާނުގެ ދީނީ ފައުންޑޭޝަންއަކުންވަނީ އޭނާގެ ބޯ ކަނޑާލި މީހަކަށް ދޭން ހުށަހަޅާފައިވާ 2.8 މިލިއަން ޑޮލަރުގެ ފައިސާގެ އިނާމު 3.3 މިލިއަން ޑޮލަރަށް ބޮޑު ކޮށްފައެވެ.

މި ފަތުވާ ނެރުމާއެކު ސަލްމާން ރުޝްދީވަނީ މިފަތުވާއާއި ދެކޮޅުހަދާ، އިރާނުން އިއުލާންކުރި ފައިސާ ބޭނުންވާ މީހަކު ނެތްކަމުގައި ބުނެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.