ޕްރިޔަންކާގެ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ދޫކޮށްލައިފި

ޕްރިޔަންކާގެ ދަރިފުޅުގެ މޫނު ފެންނަ ފޮޓޯއެއް ދޫކޮށްލައިފި

Author
ފާތިމަތު ނާވީ
13 އޮގަސްޓް 2022 06:22
0

ޕްރިޔަންކާ ޗޯޕްރާ އާއި ނިކް ޖޯނަސްގެ އަލަތު ދަރިފުޅު މާރީ މާލްތީ ޗޯޕްރާގެ މޫނު ވަރަށް ކައިރިން ނަގައިފައިވާ ފޮޓޯއެއް ޕްރިޔަންކާ އޭނާގެ އިންސްޓަގްރާމް ސްޓޯރީގައި ހިއްސާ ކޮށްފިއެވެ.

އެފޮޓޯގައި މާލްތީގެ މޫނުގެ އެއްބައި ރީތިކޮށް ފެންނަން ހުއްޓެވެ. މިއީ މިހާތަނަށް މާލްތީގެ މޫނު އެހާ ކައިރިން އަދި އެހާ ބޮޑަށް ފެންނަ ގޮތަށް ދޫކޮށްލި ހަމައެކަނި ފޮޓޯވެސް މެއެވެ.

މި ފޮޓޯގައި މާލްތީ އިނީ ދޭސީ ގާލް ޖަހައިފައިވާ ޓީޝާޓެއް ގައިއެވެ. މީ ޕްރިޔަންކާ އާއި ގުޅުވައިގެން ބޭނުން ކުރާ ނަމެކެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

މި އަހަރުގެ ކުރީކޮޅު އެމީހުންނަށް ދަރިއަކު ލިބުނު އިރު އެމީހުން ދަރިއަކު ހޯދައިފައިވަނީ ސަރޮގަސީ މެދުވެރިކޮށެވެ. އަދި މިހާތަނަށް އެކުއްޖާގެ މޫނު އެއްކޮށް ފެންނަ ފޮޓޯއެއް ހިއްސާ ކޮށްފައިއެއް ނުވެއެވެ.

 

View this post on Instagram

 

A post shared by Priyanka (@priyankachopra)

މިދިއަ ހަފްތާގައި ޕްރިޔަންކާ ވަނީ އާދިއްތަ ދުވަހު އާއިލާ އާއެކު ޕޫލުގައި ވަގުތު ހޭދަކޮށްފައެވެ. ނިކް ވަނީ މާލްތީ އާއި އެކު ޕޫލް ކައިރީގައި ވަގުތު ހޭދަކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.